ރައީސް ޑރ.މުއިއްޒު އުނގޫފާރުގައި ވާހަކަދައްކަވަނީ... ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Jan 2025 | 23:58
ދުންފަތް މަނާކުރީ ވަކިބަޔަކަށް މަންފާ ހޯދައިދޭކަށެއްނޫން: ރައީސް ޑރ.މުއިއްޒު

ސަރުކާރުން ދުންފަތް މަނާކުރީ ވަކިބަޔަކަށް މަންފާ ހޯދައިދޭކަށެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތް މަނާކުރީ ވަކިބަޔަކަށް މާލީ މަންފާއެއް ހޯދައިދިނުމުގެ ނިޔަތެއްގައި ނޫންކަމަށާއި، ދުންފަތުގެ ބާވަތްތަކުން ޓެކްސް ނަގައިގެން އޭގެ ފައިސާ ދައުލަތަށް ހޯދުމަކީވެސް އެމަނިކުފާނު ބޭނުންފުޅުވާ ކަމެއްނޫންކަމަށެވެ. ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑުކޮށްގެން އެއިން ލިބޭ އާމްދަނީއަށް ބަރޯސާވެގެން ދައުލަތް ހިންގުމަށް ފިނޭންސް މިނިސްޓްރީން މިހާރު ހިސާބެއް ނުޖަހާނޭކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ އަޅުގަނޑުމެން ބޭނުންވަނީ ދުންފަތުގެ ވަބާއިން ދުރުވެފައިތިބޭ އަދި އެފަދަ ނުރައްކާތެރި ކަންކަމުން ސިއްހަތު ސަލާމަތުން ތިބޭ ބަޔަކަށްވާންކަމަށެވެ. ދުންފަތް ކޮންޓްރޯލްކުރުމަށް ޤާނޫނީގޮތުން ބާރުވެރިކަން ގެނައީ އެކަމުން ދުރުހެލިވުމަށް ބބާރުއެޅުމުގެ ގޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

އެއްކޮށް މަނާކޮށްލުމުން ވޭޕާ ވަރަށް ތަފާތު. ވޭޕް އެއީ ވަރަށްފަހުން ތައާރަފްވިކަމެއް. އެކަމަކީ އަޅުގަނޑުމެންގ ެތެރޭގައި އެހާބޮޑަށް އަށަގަނެފައޮތް ކަމެއްނޫން. ދުންފަތުގެ އިސްތިއުމާލުކުރުން ފަދައިން.

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދިވެހިންގެ ތެރޭގައި އޮތް ވަރަށް ޒަމާންވީ އާދައެއްކަމަށާއި އެކަމަކީ އެއްފަހަރާ މަނާކުރެވޭނެ ކަމެއް ނޫންކަމަށެވެ. ވޭޕް މަނާކުރި ސަބަބަކީ އެކަން ޒުވާނުންގެ މެދުގައި އަށަގަންނަމުންދިޔަލެއް ބާރުކަމުން އަތުނުޖެހޭ ހިސާބަށް ގޮސްދާނެތީ ކަމަށެވެ. 

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރާއްޖޭގައި ވޭޕް އަދި ސިނގިރޭޓް މަނާކުރުމަށް ނިންމީ ހެޔޮނިޔަތުގައި ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.