ނިރުބަރި އިސްރާއީލް އަސްކަރިއްޔާގެ ވެރިޔާ: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
22 Jan 2025 | 11:05
ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާގެ ވެރިޔާ އިސްތިއުފާދޭން ނިންމައިފި

ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ހަރްޒީ ހަލެވީ އިސްތިއުފާ ދޭން ނިންމައިފިއެވެ. މިކަން އޭނާ އިއުލާނުކުރީ އަންގާރަ ދުވަހުއެވެ. ހަލެވީ ބުނީ މާރިޗު 6 ވަނަ ދުވަހު އޭނާ މަޤާމުން ވަކިވާނެ ކަމަށެވެ.

ހަލެވީގެ އިސްތިއުފާ ދޭން ނިންމީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާގައި 1،200 އަށްވުރެ ގިނަ އިޒްރޭލުގެ ނިރުބަވެރިން މަރުވެ، 250 އެއްހާ މީހުން ރަހީނުކުރެވުނެވެ. މިއީ އިޒްރޭލުގެ ތާރީޚުގައި އެންމެ ގިނަ މީހުން މަރުވި އެއް ދުވަހެވެ.

ހަލެވީ ބުނީ އޮކްޓޯބަރު 7 ގެ ހާދިސާއާ ގުޅޭ ތަޙުޤީޤުތައް ފުރިހަމަކޮށް، އިޒްރޭލު ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްފަހު އިސްތިއުފާ ދޭނެ ކަމަށެވެ. އޭނާގެ ބަދަލުގައި އައިޑީއެފްގެ ވެރިކަމާ ހަވާލުވާނެ ފަރާތެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑިފެންސް މިނިސްޓަރު އިޒްރޭލު ކަޓްޒަށް ފޮނުވި އިސްތިއުފާގެ ސިޓީގައި ހަލެވީ ބުނެފައުވަނީ އޮކްޓޯބަރު 7 ގެ ހެނދުނު އޭނާގެ ބެލުމުގެ ދަށުގައި އޮތް އައިޑީއެފްއަށް އިޒްރޭލު ރައްޔިތުން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އަދާނުކުރެވުނު ކަމަށެވެ. އަދި މި ބޮޑު ފެއިލްވުމުގެ ޒިންމާ އުފުލާނެ ކަމަށާއި، އެކަން އޭނާގެ ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ހަނދާންކުރާނެ ކުރާނެ ކަމަށް ބުންޏެވެ.

އޮކްޓޯބަރު 7 ގެ ހާދިސާއާ ގުޅިގެން އިޒްރޭލުގެ އެތައް އިސް އަސްކަރީ ވެރިންނެއް މިހާރު ވަނީ އިސްތިއުފާ ދީފައެވެ. އެގޮތުން އިޒްރޭލުގެ ސަދަން ކޮމާންޑުގެ ވެރިޔާ މޭޖަރ ޖެނެރަލް ޔަރޯން ފިންކެލްމަން ވެސް އިސްތިއުފާ ދޭނެ ކަމަށް ބުނެފައިވެއެވެ. އަދި ކަނޑާއި ވައިގެ ބާރުގެ ވެރިން ވެސް އިސްތިއުފާ ދޭން ގަސްދުކުރާ ކަމަށް މައާރިވް ނިއުސް އައުޓްލެޓުން ރިޕޯޓުކޮށްފައިވެއެވެ.

އިޒްރޭލުގެ ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ ޒީވް ހަރެލް ބުނީ އިޒްރޭލުގެ ސަރުކާރުން ވެސް މިފަދަ ޒިންމާދާރުކަމެއް ދައްކާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ބަލާއިރު، ވަޒީރުންގެ މަޖިލީހުން އޮކްޓޯބަރު 7 ގެ ހާދިސާއާ ގުޅޭ ތަޙުޤީޤެއް ހުޅުވުމަށް ދެކޮޅު ހަދާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.