އަބްދުﷲ ނާޒިމް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Jan 2025 | 13:01
ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ގައިންގަޔަށް ނާރާ ބަލިތަކުން ގައުމު ސަލާމަތްކުރުމަށް: ވަޒީރު ނާޒިމް

ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ރާއްޖޭގައި އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކުން މިޤައުމު ސަލާމަތްކުރުމަށްކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރ. ހުޅުދުއްފާރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، ފުރާނައަށް ނުރައްކާވާ، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ މަންޒަރު ފެންނަމުންދާކަމަށާއި، މިއީ ދިރިއުޅުމުގެ އާދަކާދައާއި ގުޅިފައިވާ ކަމަކަށްވާއިރު، މީގެކުރިން ވެރިއަކަށް ކުރައްވަން ކެރިވަޑައިނުގެންނެވި އެތައް ކަމެއް ރައީސް ޑރ.މުޢިއްޒު، ކުރައްވަމުންގެންދަވާކަމަށެވެ.

އެގޮތުން ދުންފަތާއި ވޭޕަކީ ސީދާ ސިއްޙަތަށް ގެއްލުންހުރި އެއްޗަކަށްވީނަމަވެސް މީގެކުރިން އެކަމަށް ފިޔަވަޅެއް އެޅިފައި ނެތްކަން ފާހަގަކުރައްވަމުން ވަޒީރު ނާޒިމް ވިދާޅުވީ، މިހާރު ސަރުކާރުން އަޅުއްވާފަމިވާ ފިޔަވަޅުތަކާއެކު އަންނަން އޮތް ޖީލަކީ ދުޅަހެޔޮ ޖީލަކަށްވުމުގެ މަގުފަހިވެގެންދާނެކަމަށާއި، މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި، ޕްރައިމަރީ ހެލްތު ކެއަރ ވަރުގަދަކުރުމަށް ފަށާފައިވާ ޕްރޮގްރާމް އެއްކޮށް ނިންމާނެކަމަށެވެ.

"މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި، ޕްރައިމަރީ ހެލްތު ކެއަރ ވަރުގަދަކުރުމަށް ފަށާފައިވާ ޕްރޮގްރާމް އެއްކޮށް ނިންމާނަން. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ތަންފީޒުކުރެވޭނެ ނިޒާމެއްގެ ތެރެއިން މިކަންކުރެވޭނެ ގޮތް ތަރުތީބުކުރެވި އިންތިޒާމުކުރެވޭނެ،"

ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ނާޒިމް ވަނީ އާސަންދައާއި ބޭހަށް ކުރާ ހޭދައިގެ ތެރެއިން ކުރެވޭ އިސްރާފު ކުޑަކޮށް، އެފައިސާ ސިއްޙީ ނިޒާމުގެ އެހެންކަންކަން ހަރުދަނާކުރުމަށް ހޭދަކުރެވޭނެ ގޮތްވެގެންދިޔުމަކީ ނިޒާމު ވަރުގަދަ ކުރުމަށް ލިބޭބާރެއްކަން ފާހަގަކޮށްފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.