ރަށު އެކްސްޕޯގެ ޓައިޓަލް ޕާޓްނަރަކަށް ދިރާގް ހަމަޖެއްސުމުގެ ތެރެއިން
ހަބަރު
22 Jan 2025 | 19:25
ރަށު އެކްސްޕޯގެ ޓައިޓަލް ޕާޓްނަރަކަށް ދިރާގު

މާކެޓިން ފާމެއްކަމަށްވާ ދަ ޓްރެވަލް ގައިޒްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ތައްޔާރުވަމުންދާ "ރަށު އެކްސްޕޯ" ގެ ޓައިޓަލް ޕާޓްނަރަކަށް ދިރާގް ހަމަޖައްސައިފިއެވެ.

ޓައިޓަލް ޕާޓްނަރަކަށް ދިރާގް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ރަށު އެކްސްޕޯ އިންތިޒާމުކުރާ ފަރާތުގެ ހައިސިއްޔަތުން ސޮއިކުރެއްވީ، ޓްރެވަލް ގައިޒްގެ ޑިރެކްޓަރު ޑރ.ހުސައިން ސަނީ އުމަރެވެ. އަދި ދިރާގްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ދިރާގްގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސް މުހައްމަދު މިރުޝާން އެވެ. 

މިކަމާ ގުޅޭގޮތުން ދަ ޓްރެވަލް ގައިޒްއިން ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ރަށު އެކްސްޕޯގެ ޓައިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އެންމެބޮޑު ޓެލެކޮމް ކުންފުނި ހަމަޖެހިެގން ދިއުމަކީ މިފަދަ އިވެންޓްތަކަށާއި ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން ދޭ އަހަމިއްޔަތުކަން ހާމަވާކަމެއްކަމަށެވެ. އަދި މި އިވެންޓްގެ ޕާތްނަރަކަށް ދިރާގް ވެގެންދިއުމަކިީ ރަށު އެކްސްޕޯގެ ބައިވެރިންނަށް ޓެކްނޮލޮޖީއާއި އެނޫންވެސް ގޮތްގޮތުން ކުރިއެރުމަށް މަގުފަހިވެގެންދާނޭ ކަމެއްކަމަށެވެ.

އެއްބަސްވުމާ ގުޅޭގޮތުން ޑރ.ހުސައިން ސަނީ ވިދާޅުވީ ރަށު އެކްސްޕޯގައި ދިރާގް ފަދަ ކުންފުންޏެއްގެ ބައިވެރިވުން ލިބިގެންދިއުމަކީ އެކްސްޕޯއަށް ލިބިގެންދާނޭ އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ލޯކަލް ކުންފުނިތައް މި ދާއިރާއިން ކުރިއެރުވުމަށް ދިރާގުން އިސްކަންދޭކަމުގެ ހެތްކެއްކަމަށްވެސް ސަނީ ފާހަގަކުރެއްވިއެވެ.

މިރުޝާން ވިދާޅުވީ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ދިރާގަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިއުމަކީ އެކުންފުންޏަށް ލިބިގެންދާ ފަހުރެއްކަމަށާއި، މިއީ ވިޔަފާރިތަކާ އާއްމުން ގުޅުވާލަދޭނެ މުހިއްމު އެކްސްޕޯއަކަށް ވެގެންދާނޭކަމަށެވެ.

"ރަށު އެކްސްޕޯ 2025" ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބުރުއަރީމަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. ރަށު އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ސަގާފަތާއި އެކިއެކި ހަރަކާތްތައް ދައްކުވައިދޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޒާމުކުރާ މިބާވަތުގެ ފުރަތަމަ އެކްސްޕޯއެވެ.

"ރަށު އެކްސްޕޯ 2025"ގެ އިތުރު ޕާޓްނަރުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް މާކެޓީން ޕީއާރު ކޯޕަރޭޝަން، ފާހަގަކޮށްލެވެއެވެ. މި އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.