ގދ.ގައްދޫ-- ފޮޓޯ: ސަން
ހަބަރު
23 Jan 2025 | 10:17
ގައްދޫގައި އާންމުންނަށް ނުކަތާވަރުގެ އަގުގައި ޓިއުޝަން ދޭތީ ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ގދ.ގައްދޫގައި އާއްމުނަށް ނުކަތާވަރަށް ބޮޑު އަގުގައި ބިދޭސީ ޓީޗަރުން ޓިއުޝަންދޭ މައްސަލަ ބޮޑުވެ، ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެރަށުގެ ކައުންސިލުން ނިންމައިފިއެވެ.

ގައްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، ނިޒާމީ ތަޢުލީމު ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ޢާންމުނަށް ނުކަތާވަރުގެ އަގު ކަނޑައަޅައިގެން ރަށުތެރޭގައި ޓިއުޝަންދޭކަމުގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުންދާކަމަށެވެ.

މިކަމާއި ގުޅިގެން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހޯމް ލޭންޑް މިނިސްޓްރީއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއިއެކު ކައުންސިލުން މަސައްކަތް ފަށާފައިވާކަމަށް އެރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.

މިއީ ޤާނޫނާއި ހެދިފައިހުރި ޤަވާޢިދުތަކާއިވެސް ޚިލާފު ކަމެއްކަން ފާހަގަކޮށް ގައްދޫ ކައުންސިލުން ބުނީ، ރަށުގެ ނިޒާމީ ތަޢުލީމު ފެންވަރު ރަނގަޅު ގޮތެއްގައި ހަމަހަމަކަމާއިއެކު ކިޔަވާ ކުދިންނަށް ފޯރުކޮށްދިނުމުގައި ބުރޫއަރާނެ ކަމެއްކަމަށް ދެކޭކަމަށެވެ.

އެހެންކަމުން، މިއެންގުމާއި ޚިލާފަށް ޤަވާޢިދާއި ޚިލާފަށް އަމިއްލައަށް މުސާރައާއި އަގުހަދައިގެން ޤަވާޢިދާއި ޚިލާފަށް ގައްދޫގައި ޓިއުޝަން ދެމުންގެންދާ ޓީޗަރުންނަށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާއި އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާއިގުޅޭ އިދާރާއަށް ފޮނުވޭނެކަމަށް އެރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.


ކޮމެންޓް
މަ
ބައެއް ޓީޗަރުން މިހާރު ސްކޫލުތަކުގަ ކިޔަވާވެސްނުދޭ ރަނގަޅަށް. ދަރިވަރުނަށް މަޖުބޫރު ކުރުވާ ޓިއުޝަން ނަގަން
23 Jan 2025
ގުޅޭ ލިޔުންތައް
26 Aug 2026
އެލާމާ ނުލައި ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކު ހޭލާނީ ކިހިނެއް؟
ހެނދުނު ހޭލުމަށްޓަކައި އެލާމް ގަޑީގެ ބާރު އަޑަށް ބަރޯސާވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ނަމަވެސް، ނިދުމާ ގުޅޭ ސިއްޙީ ރަނގަޅު އާދަތަކަށް ސަމާލުކަން ދީފިނަމަ، އެއްވެސް އެލާމަކާ ނުލައި ގުދުރަތީ ގޮތުން ހެނދުނު ތާޒާކަމާއެކު ހޭލެވިދާނެ ކަމަށް ސައިންސްވެރިންނާއި ނިދީގެ ތަޖުރިބާކާރުން ބުނެއެވެ.
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ