ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
23 Jan 2025 | 12:39
ބައްޝާރު އަލް އަސަދު ހައްޔަރުކުރަން ފްރާންސުން އަނެއްކާވެސް އަމުރެއް ނެރެފި

ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދު ހައްޔަރުކުރުމަށް ފްރާންސުން އަނެއްކާވެސް އަމުރެއް ނެރެފިއެވެ.

މިމަހުގެ 20 ވަނަ ދުވަހު މި އަމުރު ނެރެފައިވަނީ ސީރިއާގައި 2017 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ހިންގި ބޮމުގެ ރެއިޑެއްގައި ސީރިއާ އަދި ފްރާންސް ދަރިކޮޅަށް ނިސްބަތްވާ ސަލާހް އަބޫ ނަބޫރު މަރުވުމާއި ގުޅޭ މައްސަލައިގެ ތަހުގީގުގެ ތެރެއިންނެވެ.

މީގެ ކުރިން 2023 ވަނަ އަހަރުވެސް އަސަދު ހައްޔަރުކުރުމަށް ފްރާންސްގެ  ކޯޓުން އަމުރުނެރުނުއިރު، އެ ފަހަރުވެސް އަސަދުގެ މައްޗަށް ވަނީ އިންސާނިއްޔަތާއި ޚިލާފު ހަނގުރާމައިގެ ކުށްތައް ކުރިކަމުގެ ދައުވާ އުފުލާފައެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު ގެ އޮގަސްޓް މަހު ސީރިއާގެ ދޫމާ އަދި ގޫޓާގެ ބައެއްގައި ހިނގާދިޔަ ކެމިކަލް ހަމަލާތަކެއްގައި 1،000 މީހުން މަރުވެދިޔަ މައްސަލައިގައި ފްރާންސުން ހިންގަމުންދާ ތަހުގީގަށް ވެސް އަސަދު ހައްޔަރުކުރުމުގެ އަމުރަކަށް ވަނީ އެދިފައެވެ. 

އެހެންނަމަވެސް، އަސަދުގެ ސަރުކާރުން ވަނީ ހަނގުރާމައިގައި ކެމިކަލް ހަތިޔާރު ބޭނުން ކުރިކަމަށް ދެކޮޅު ހައްދަވާފައެވެ.

އަސަދުގެ 24 އަހަރުގެ ވެރިކަން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ވެއްޓުމާއި ގުޅިގެން އޭނާ ވަނީ ގައުމު ފިލައިގެން ގޮސްފައެވެ. އޭގެފަހުން އޭނާ އާއި އޭނާގެ އާއިލާއަށް ރަޝިއާއިން ވަނީ ހިމާޔަތްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.