މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްގައި ޗައިނާ ފަތުރުވެރިން ރާއްޖެ އައުން: ފޮޓޯ/ މޯލްޑިވިއަން
ހަބަރު
23 Jan 2025 | 12:54
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފަށައިފި؛ ފުރަތަމަ ދަތުރުގައި 192 ފަތުރުވެރިން

މޯލްޑިވިއަންގެ އޭ-330 ޗައިނާ އިން ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރު ދަތުރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ. އެގޮތުން ޗައިނާގެ ޗެންގްޑޫ އިން މާލެ އަށް ބޭއްވި މި ދަތުރުގައި 192 ފަސިންޖަރުން އައިސްފައިވެ އެވެ.

ޗަައިނާ އިން މާލެ އަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަލުން ފަށާފައިވަނީ އެ އެއާލައިނުގެ ފްލީޓަށް އަލަށް ގެނައި އެއާބަސް މަރުކާގެ ވައިޑް ބޮޑީ މަތިންދާބޯޓުގަ އެވެ. މި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.

ޖުމްލަ 260 މީހުންގެ ޖާގައިގެ މި ބޯޓަކީ ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ހިމެނޭ މަތިންދާބޯޓެކެވެ.

އެއިން ޗައިނާގެ ތިން މަންޒިލަކަށް ދަތުރު ކުރެއެވެ. އެއީ ޗެންގްޑޫގެ އިތުރުން ބެއިޖިން އާއި ޝެންހާއި އަށެވެ. 

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމާއިއެކު، ޓިކެޓް އގުހެޔޮ ފެއާއެއް ވަނީ ފަށާފައެވެ.

މިކަމާއި ގުޅޭގޮތުން، މޯލްޑިވިއަން ހޮލިޑޭސްގެ ޖެނެރަލް މެނޭޖަރ ރިޒަވޭޝަން އެންޑް ޓިކެޓިން އައިމިނަތު ސަމީހާ ވިދާޅުވީ، މި ފެއަރގެ ދަށުން ޓިކެޓް ވިއްކަމުންދަނީ މާކެޓްގައި ލިބެން ހުރި އަގަށްވުރެ  %30 އާއި %50 އިންސައްތައާއި ދެމެދު އަގުހެޔޮކޮށް ކަމަށާއި،  ބޭނުންނަމަ އެއް މަންޒިލަށް ގޮއްސަ އަނެއް މަންޒިލުން ރިޓާންވެސް ކުރެވޭނެކަމަށެވެ.

ސަމީހާ ވިދާޅުވިގޮތުގައި، މިވަގުތު އޮންނަނީ ހޯމަ، ބުދަ އަދި ހުކުރު ދުވަސް ހިމެނޭހެން ހަފްތާއަކު 3 ފްލައިޓެވެ.

ޗެންގްޑޫ - މާލެ - ޗެންގްޑޫ ދަތުރު ކުރާ ޓިކެޓްގެ އަގަކީ 688 ޑޮލަރެވެ. 

މި ބޯޓުގެ ދަތުރުތައް މިމަހު 24 ވަނަ ދުވަހު ބެއިޖިން އަށް ދަތުރު ފަށާއިރުބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރަ އެވެ.

މީގެ އިތުރުން ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ. ޝެންހާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 27 ގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.