ފުލުހުންގެ ފުލެޓުތައް: އެ ތަނަށް އިތުރަށް 354 މިލިއަން ރުފިޔާ ޚަރަދުވި -- ފޮޓޯ/ މިހާރު ނޫސް، ފަޔާޒް މޫސާ
ހަބަރު
24 Jan 2025 | 18:16
ޕޮލިސް ފްލެޓްތަކަށް އިތުރަށް 355 މިލިއަން ހޭދަކުރިކަން ހާމަވެއްޖެ!

ފުލުހުންނަށް ޚާއްސަކޮށްގެން ހައުސިން ޔުނިޓުތަކެއް އަޅަން 2013 ވަނަ އަހަރު ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އާ ހާވަލުކުރުމުން އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާ، އެ މަޝްރޫޢު ހިންގާފައިވާ ގޮތުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން އާއްމުކޮށްފައިވާ އޮޑިޓުގައި ބުނީ އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާ އެއީ، އަކަފޫޓަކަށް 1،851 ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށް ރިޕޯޓްގައިވެއެވެ. އަދި އެ ރޭޓުތަކަށް ބަލާނަމަ، އެ މަޝްރޫއުގެ އަގަށް ޖެހެނީ 745.3 މިލިއަން ރުފިޔާ ކަމަށާ އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާއަށް އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ގާތްގަނޑަކަށް ދެގުނަ ޚަރަދުކޮށްފައިވުމުން ދައްކައިދެނީ މި ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލުކަން ޕޮލްކޯގައި ނެތްކަމާއި، ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނެސްފައިވުމާއި، ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމެވެ،" އޮޑިޓް ރިޕޯޓުގައިވެއެވެ.

ފުލުހުންގެ ފުލެޓުތަކަށް މިހާތަނަށް ޚަރަދުކޮށްފައިވާ ފައިސާ:

އެޗްޑީސީއަށް ބިމުގެ އަގުގެ ގޮތުގައި - 15،458،529 ރުފިޔާ

އެޗްޑީސީއަށް ޖޫރިމަނާގެ ގޮތުގައި - 151،282 ރުފިޔާ

ނޫމަޑިއަށް - 76،065،692 ރުފިޔާ

އައިލެންޑް އެކްސްޕާޓަށް ދައްކާފައިވާ ފައިސާ - 432،049،000 ރުފިޔާ

އައިލެންޑް އެކްސްޕާޓުގެ ސަބް ކޮންޓްރެކްޓަރުންނަށް ދެއްކި ފައިސާ - 199،427،161 ރުފިޔާ

ދެ ކޯމަސްއަށް ދެއްކި ފައިސާ - 4،176،508 ރުފިޔާ

ދެ ކޯމަސްގެ ސަބް ކޮންޓްރެކްޓަރުންނަށް ދެއްކި ފައިސާ - 10،049،268 ރުފިޔާ

ހާއޯ ކުންފުންޏަށް ދެއްކި ފައިސާ - 10،282،364 ރުފިޔާ

އަމީން ކޮންސްޓްރަކްޝަން ހައުސިން މިނިސްޓްރީން ދެއްކި ފައިސާ - 310،517،974 ރުފިޔާ

ޖުމުލަ - 1،042،719،249 ރުފިޔާ [ނުދައްކާ ހުރި 18 މިލިއަން ރުފިޔާއާ އެކު 1.06 ބިލިއަން ރުފިޔާ]

އޮޑިޓް ރިޕޯޓުގައި ބުނީ، އެ މަޝްރޫއު ހިންގާފައިވަނީ ކަނޑައެޅިގެން ނޫމަޑީގެ ރެޕްރެޒެންޓޭޓިވަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި އެ ފަރާތަކީ ނޫމަޑީގެ ރެޕްރެސެންޓަޓިވް، އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަދި ދެ ކޯމަސްގެ މެނޭޖިން ޑިރެކްޓަރާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. އެ މީހާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން 682 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.