ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ޕޮލިސް
ހަބަރު
26 Jan 2025 | 10:52
ޑިއުޓީ ވަގުތު ޑިއުޓީގެ ބޭނުމަށް ނޫނީ ފޯނު ބޭނުންނުކުރުމަށް ސީޕީ އެދިވަޑައިގެންފި

ޑިއުޓީ ވަގުތު ޑިއުޓީގެ ކަންކަމުގައި މެނުވީ ފޯނު ބޭނުން ނުކުރުމަށް ދިވެހި ފުލުހުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު އެދިވަޑައިގެންފިއެވެ.

ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސީޕީ ޝުޖާޢު ވިދާޅުވީ ފުލުހުންނާ ގުޅިގެން ރައްޔިތުން ކުރާ އެއް ޝަކުވާއަކީ ފުލުހުން މަގުމަތިން ފެނުނު ނަމަވެސް މަގުމަތީގައި ހިނގާ ކަންކަމަށް ނުބަލައި ފޯނާ ކުޅެން ތިބޭ ކަމުގެ ޝަކުވާ ކަމަށެވެ.

ޑިޔުޓީ އަދާކުރާއިރު، ޑިޔުޓީގެ ބޭނުމަށް މެނުވީ، މޯބައި ފޯނު ބޭނުން ނުކުރުން. ވަރަށް ގިނައިން ރައްޔިތުން ކުރާ އެއް ޝަކުވާއަކީ ފުލުހުން މަގުމަތިން ފެނެޔޭ، އެކަމަކު ތިބެނީ ފޯނާ ކުޅޭށޭ. މަގުމަތީގައި ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓައި ތިބެނީ، ފޯނަށް ގެއްލިފައޭ. މިކަން ރަނގަޅު ކުރަން އެބަޖެހޭ. 

ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާޢު

މިއާއެކު ސީޕީ ވަނީ ރައްޔިތުންނާ މުޢާމަލާތް ކުރާއިރު، އަބަދުވެސް ރިވެތި ބަހުން މުޢާމަލާތް ކުރުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން، ރައްޔިތުންނާ ރިވެތި ބަހުން މުޢާމަލާތް ނުކުރެވޭނެ ވަގުތެއް އައިސްގެން ނުވާނެ ކަމަށާ، އެންމެ ރިވެތި ބަހުން ވާހަކަ ދައްކަން ޖެހޭނީ ރައްޔިތުންނާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންނަށް ލިބޭ ޤާނޫނީ ބާރުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްވެސް ސީޕީ އެދިވަޑައިގެންނެވިއެވެ.

"ފުލުހުންނަށް ޤާނޫނީގޮތުން ލިބިދޭ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަންޖެހޭ ބާރެއް ނޫން. އަބަދުވެސް ބަލަންވާނީ ބާރުގެ ބޭނުން ނުކޮށް، ދިމާވާ ކަންކަން ހައްލުކުރުމަށް މަގުދައްކައިދޭ ބަޔަކަށް ވުމަށް. އިސްލާހުވުމަށް ފުރުސަތުދޭ ބަޔަކަށް ވުމަށް. އަޅުގަނޑު އުއްމީދުކުރަން ތިޔަ އޮފިސަރުންގެ މަސައްކަތުން ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިގެންދާނެ ޚިދުމަތަކަށް ވާނެ ކަމަށް،“. 

ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާޢު

ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ރާއްޖެއާއި ރާއްޖޭން ބޭރުން ފޯރުކޮށްދިނުމާއި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.