ޓުޓިކޮރިން ބަނދަރު ސަރަހައްދު—
ހަބަރު
27 Jan 2025 | 10:56
ޔޮޓެއްގައި ރާއްޖެއަށް 21 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގެންފި

އިންޑިއާގެ ޔޮޓެއްގައި ދިވެހިރާއްޖެއަށް 12 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު 4 މީހަކު އިންޑިއާގެ ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު ޑީއާރުއައި އިން ވަނީ ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފަ އެވެ.

އަދި މިދިޔަ ބުދަ ދުވަހު އެ ސަރަޙައްދުގައި ދުއްވަމުންދިޔަ ދެމީހަކު ސައިކަލުން ހުއްޓުވައި، އެމީހުންގެ އަތުގައި އޮތް ދަބަހެއް ބަލައި ފާސްކޮށްފައުވާއިރު، އެ ދަބަހުގައި ކަޅު ކުލައިގެ ދިޔާ މާއްދާއެއް ހުރި 12 ކޮންޓެއިނަރެއް ފެނުނު ކަމަށް ބުނެފައުވެއެވެ. އެ ކެމިކަލް ތަޙުލީލުތަކުން ދައްކާގޮތުގައި މިއީ ހަޝިޝް އޮއިލް ކަންވެސް ފާހަގަކޮށްފައިވެއެވެ.

ހަޝިޝް އޮއިލްގެ މަގުމަތީ އަގަކީ ކިލޯއަކަށް 1.8 މިލިއަން ރުފިޔާ އެވެ. އެހެންވެ، އަތުލައިގަތް ހަޝިޝް އޮއިލްގެ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 4 މީހުންނަކީ ޓުޓިކޯރިންގެ ފާތިމާ ނަގަރުގެ ރާޖާ އުރުފު ޖެސުރާޖާ (34 އަހަރު) އާއި ސުދަކަރު (33 އަހަރު)، އަދި ޖޯޖް ރޯޑުގެ ކިންގްސްލީ (56 އަހަރު) އާއި ސޯރިސްޕުރަމްގެ މަރިމުތު (30 އަހަރު) އެވެ.

މަރިމުތުއަކީ ސީއައިއެސްއެފްގެ މުވައްޒަފެކެވެ. އޭނާ މި ޢަމަލުގައި ބައިވެރިވެފައިވަނީ ސެކިއުރިޓީ ގޭޓުން ހަޝިޝް އޮއިލް ފޮށިތައް ނެރުމަށް އެހީތެރިވެދީގެންނެވެ.

މި 4 މީހުންވެސް ބަންދު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ: 

އެ މައްސަލާގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ކޭސްގެ މައުލޫމާތު ހިއްސާކުރުމަށް އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.