މީހަކު ޑޮލަރު ގުނަނީ
ވިޔަފާރި
28 Jan 2025 | 10:38
ޑޮލަރު މާރުކުރަން ބީއެމްއެލްއިން ހާއްސަ ޕޯޓަލެއް ތަޢާރަފްކޮށްފި

އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފަސޭހަކަމާ އެކު ބޭރު ފައިސާ މާރުކުރެވޭނެ ޕޯޓަލެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ރިސޯޓުތަކާއި ހޮޓާތައް އަދި ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތަކަށް މި ޕޯޓަލް މެދުވެރިކޮށް ބޭރު ފައިސާ މާރު ކުރެވޭނެ ކަމަށެވެ. އަދި ހިދުމަތަކީ ފޮރިން ކަރަންސީ އެކްޓް އަދި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަން އާ އެއްގޮތްވާ ގޮތުގެ މަތިން ފެށި ޚިދުމަތެއް ކަމަށެވެ. 

މީގެ އިތުރުން، މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް ގާނޫނާއި ގަވައިދުގެ ދަށުން މާރުކުރަން ޖެހޭ ( މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ ( ބޭންކުން ޑޮލަރު ގަތުން) 15.42 ރުފިޔާ އަށެވެ. މިއީ ބޭންކުން ޑޮލަރު ވިއްކާ އަގެވެ.

މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ. 

ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) އާއި 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވޭ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.