ރަށު އެކްސްޕޯގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕީއެސްއެމް: ފޮޓޯ/ ޓްރެވެލް ގައިޒް
ވިޔަފާރި
29 Jan 2025 | 16:01
ރަށު އެކްސްޕޯގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕީއެސްއެމް!

ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް އަދި ޑޮމެސްޓިކް ޓޫރިޒަމް އެކްސްޕޯ ކަމުގައިވާ ރަށު އެކްސްޕޯ 2025ގެ ރަސްމީ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހަމަޖެހިއްޖެއެވެ.

މި އެކްސްޕޯ އިންތިޒާމްކުރާ ޓްރެވަލް ގައިޒްއިން މިކަން އިއުލާނުކޮށްފައިވަނީ މިއަދުއެވެ.

2025 ވަނަ އަހަރުގެ ފެބްރުއަރީ 13 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ރަށު އެކްސްޕޯ 2025 އަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި އަދި ޑޮމެސްޓިކް ޓޫރިޒަމް ކުރިއެރުވުމަށް ބާއްވާ މުހިންމު އިވެންޓެކެވެ. ޕީއެސްއެމް ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ވުމާއެކު، މި އިވެންޓުގެ މަޢުލޫމާތު ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޓްރެވެލް ގައިޒް އިން ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެސްއެމްއިން ރަށު އެކްސްޕޯ 2025ގެ ތަފްސީލީ ކަވަރޭޖް ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި ލައިވް އަޕްޑޭޓްތަކާއި، އިންޑަސްޓްރީގެ އިސްވެރިންނާއެކު ކުރާ އިންޓަވިއުތަކާއި، ޚާއްސަ ޕްރޮގްރާމްތައް ހިމެނެއެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން އެކްސްޕޯގެ މުހިންމު ކަންތައްތަކާއި، ވިޔަފާރީގެ ފުރުސަތުތަކާއި، ދިވެހިންގެ ސަގާފަތް ރާއްޖެއާއި ރާއްޖެއިން ބޭރަށް ހިއްސާކުރެވި، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބުނެފައިވެއެވެ.

"ރަށު އެކްސްޕޯ 2025ގެ ރަސްމީ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ ވުމާ ގުޅިގެން އަޅުގަނޑުމެން ވަރަށް އުފާކުރަން. ޕީއެސްއެމްގެ ފުޅާ ދާއިރާއެއްގައި މީޑިއާ ފޯރުކޮށްދިނުމުގެ ގާބިލްކަމާއި ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމުގެ ޤާބިލްކަމަކީ ރަށު އެކްސްޕޯގެ ވާހަކަތައް ދުނިޔެއަށް ގެނެސްދިނުމަށް އެންމެ އެކަށީގެންވާ ޕާޓްނަރަކަށް ވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ." ޓްރެވަލް ގައިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވިއެވެ. 

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީން ވަނީ ރަށު އެކްސްޕޯ 2025ގެ މުހިންމުކަން ފާހަގަކުރުމަށް ޓްރެވަލް ގައިޒްއާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާމެދު އުފާކުރާކަން ފާހަގަކުރައްވާފައެވެ.

”ޕީއެސްއެމްއިން ގެސްޓްހައުސް އިންޑަސްޓްރީގެ އިޤްތިޞާދީ އަދި ސަގާފީ ހިއްސާ ފާހަގަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ޕާޓްނަރޝިޕްއަކީ ޑޮމެސްޓިކް ޓޫރިޒަމްގެ ކުރިއެރުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް.“ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވިއެވެ. 

ޓްރެވެލް ގައިޒް އިން މައުލޫމާތު ދިން ގޮތުގައި، ރަށު އެކްސްޕޯ 2025ގައި ގެސްޓްހައުސްތަކަށް ޚާއްޞަ ހޯލެއް ހުންނާނެއެވެ. މި ހޯލުގައި ގެސްޓްހައުސްތަކަށް އެމީހުންގެ ޚިދުމަތްތައް ދެއްކުމާއި، ސީދާ ޒިޔާރަތްކުރާ ފަރާތްތަކަށް ޕެކޭޖްތައް ވިއްކުމާއި، ވިޔަފާރީގެ މުހިންމު ގުޅުންތައް ޤާއިމުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރަށު އެކްސްޕޯ 2025އާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 7453868 ނަންބަރުން ހާއިމް އިބްރާހީމާ ގުޅުމަށް އެދިފައިވެއެވެ.

ޓްރެވަލް ގައިޒްއަކީ ރާއްޖޭގެ އިސް މާކެޓިންގ އަދި ޕީއާރު ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގެ މަންޒިލުތަކުގެ ޚާއްޞަކަން ފާހަގަކޮށް، އަސްލު ތަޖުރިބާތަކާ ގުޅުވައިދީ، ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.