ބީއެމްއެލް
ހަބަރު
29 Jan 2025 | 15:39
ބީއެމްއެލަށް މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ ސާފްފައިދާއެއް!

ބޭންކް އޮފް މޯލްޑިވްސްއަށް ނިމިގެންދިޔަ 2024 ވަނަ އަހަރު ސާފްދައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ނިމިގެންދިޔަ ކުއާޓަރުގެ މާލީބަޔާން އާއްމުކުރަމުން އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮޑިޓް ނުކުރާ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު މުޅި ބޭންކުގެ ސާފްފައިދާ 2.1 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. މިއީ އޭގެކުރީ އަހަރާ އަޅާބަލާއިރު، 4 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރު ސާފްފައިދާ ރެކޯޑް އަދަދަކަށް އިތތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް ބީއެމްއެލުން ފާހަގަކޮށްފައިވަނީ ޕްރޮވިޝަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމެވެ.

ބީއެމްއެލުން ބުނީ މިދިޔަ އަހަރު ކުންފުނީގެ އެސެޓް 3 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިޔައިރު، އުފެއްދުންތެރި ލޯނުގެ އަދަދު އިތުރުވެ، ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަމަށެވެ. 

ނިމިގެންދިޔަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މިދިޔަ އަހަރުގެ އެންމެ ފަހު 3 މަސްދުވަހު ބީއެމްއެލް ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި ކުއާޓަރުގެ ސާފްފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބުނުއިރު މިއި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، 47 އިންސައްތަ އިތުރުވުމެކެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ ވިޔަފާރިއާ ގުޅޭގޮތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ފާއިތުވެދިޔަ އަހަރުގެ ކާމިޔާބީއަށް ބަލާފައި އިތުރު ކާމިޔާބީއާ ހަމަޔަށް ވާސިލްވުމުގެ ޔަގީންކަން ބޮޑުވެގެން ހިނގައްޖެކަމަށެވެ. 

ބީއެމްއެލުން ވަނީ މިއަހަރު ނިމެންވާއިރަށް މުޅި ރާއްޖެއަށް އޭޓިއެމްގެ ހިދުމަތް ދީ ނިންމުމަށް ކަނޑައަޅާފައެވެ. ބީއެމްއެލުން ރާއްޖޭގެ 20 އަތޮޅެއްގައި 39 ގޮފި ގާއިމްކޮށްފައިވާއިރު، 95 ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.