ފުލުހުންގެ ވެހިކަލެއް
ހަބަރު
30 Jan 2025 | 22:48
ސިނގިރޭޓް އުފައްދާކަމަށް ތުހުމަތުކުރެވޭ ގެއަކަށް ފުލުހުން ވަދެއްޖެ!

މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެތެރޭގައި ސިނގިރޭޓް އުފައްދާކަމުގެ ތުހުމަތުގައި ފުލުހުން އެ ގެއަށްވަދެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަދެފައިވަނީ ހ.ހުޅުގަލީގައި ހުންނަ އެޕާޓްމަންޓަކަށެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ހެންވޭރު ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓް އުފައްދާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ކޯޓް އަމުރެއްގެ ދަށުން އެތަން ފުލުހުން ބަލަމުންދާކަމަށެވެ.

ހ.ހުޅުގައްޔަކީ ދައުލަތަށް ވަރަށްގިނަ ދުވަހު ހިދުމަތްކުރެއްވި އިބްރާހިމް ހުސައިން ޒަކީގެ ގެއެވެ. ހުޅުގައްޔަކީ މީގެ 12 ވަރަކަށް އަހަރުކުރިން މަސާޖުޕާލާއެއް ހިންގުމުގެ ތުހުމަތުގައިވެސް ފުލުހުން ބަލާފާސްކުރި ގެއެއްކަން ފާހަގަކޮށްލެވެއެވެ. ފުލުހުން މިރޭ ހުޅުގައްޔަށް ވަދެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްވަދެ، އެތަނުން ފޮށިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފުލުހުންގެ ޕިކަޕަކަށް އަރުވައިގެން ގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެކެވެ. އެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ދުންފަތާއި، ދުންފަތުގެ ތަނޑިއާއި، ނިކޮޓިންއާއި، އެނޫންވެސް އެބާވަތުގެ އެއްވެސް މިންވަރަކަށް ހިމެނޭގޮތަށް ތައްޔާރުކޮށް ހަށިގަނޑަށް ވާސިލްވާގޮތަށް ހަދާފައި ހުންނަ ކޮންމެ އެއްޗެއްމެ ބެލެވޭނީ ދުންފަތުގެ ބާވަތެއްގެ ގޮތުގައެވެ.

ދުންފަތާއި ދުންފަތް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ މިދިޔަ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފައިވާއިރު، ދުންފަތުގެ ބާވަތްތަކަށް އޮތް ޑިމާންޑުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.