ކުޑަކުދިންގެ ވަގުފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިސްރާޢީލް މީހާ
ދުނިޔެ
31 Jan 2025 | 08:04
އިންޓަރޕޯލް އޮޕަރޭޝަނެއްގައި ކުޑަކުދިންގެ ވަގުފާރިކުރާ އިސްރާއީލް މީހަކު ހައްޔަރު ކޮށްފި

ގުއަޓެމާލާގައި އިންޓަރޕޯލުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ކުޑަކުދިން ޓްރެފިކްކުރުމުގެ ބޮޑު ޖަރީމާއެއްގައި ބައިވެރިވި މީހަކު ހައްޔަރުކޮށްފިއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ހައްޔަރުކުރެވުނު މީހާއަކީ އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ 35 އަހަރުގެ ޔޯއެލް އަލްޓަރ އެވެ.

އަލްޓަރ އަކީ "ލެވް ތަހޯރް" ނަމަކަށް ކިޔާ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދީނީ ގްރޫޕެއްގެ އިސް މެންބަރެއް ކަމަށް ބުނެފައިވެއެވެ. މި ގްރޫޕަކީ ދުނިޔޭގެ އެންމެ ބޮޑު، ކުޑަކުދިން ޓްރެފިކްކުރާ ޖަމާޢަތްތަކުގެ ތެރެއިން އެއް ޖަމާޢަތް ކަމަށް ތުހުމަތުކުރެވެއެވެ.

ތަޙުޤީޤުތަކުން ދައްކާ ގޮތުގައި މި ޖަމާޢަތުން އެތައް އަހަރެއް ވަންދެން ކުޑަކުދިން ވަގަށްނަގައި، އަނިޔާކޮށް އަދި އެކުދިންގެ ނަޖާއިޒް ފައިދާ ނަގާފައިވެއެވެ. ރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި މި އޮޕަރޭޝަނުގެ ސަބަބުން 160 އަށްވުރެ ގިނަ ކުދިން ސަލާމަތްކުރެވިފައިވެއެވެ.

ލެވް ތަހޯރް އަކީ ގިނަ އަހަރުތަކެއް ވަންދެން އެކި ގައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ނަޒަރުގައި ހުރި ހަރުކަށި ދީނީ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ މެންބަރުން ކުޑަކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރުމުގެ އިތުރުން، ކުޑަކުދިން ޤާނޫނާ ޚިލާފަށް އެހެން ގައުމުތަކަށް ގެންގޮސް، އެކި ބޭނުންތަކަށް ވިއްކާކަން ކަށަވަރުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.