ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
31 Jan 2025 | 08:34
އެމެރިކާގެ ވައިގެ އެކްސިޑެންޓާއި ގުޅިގެން ރައީސް މުޢިއްޒުގެ ތައުޒިޔާ!

އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވޮޝިންގްޓަން ޑީސީގައި އިއްޔެ ރޭ ހިނގި ވައިގެ އެކްސިޑެންޓެއްގައި 67 މީހުން ވަނީ މަރުވެފައެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓެވެ.

އެމެރިކަން އެއަރލައިންސްގެ ބޮމްބާޑިއަރ ސީއާރްޖޭ 700 މަތިންދާބޯޓަކާއި އެމެރިކާ އާމީގެ ބްލެކް ހޯކް ހެލިކޮޕްޓަރެއް ޖެހި، މަތިންދާބޯޓު ޕޮޓޯމެކް ކޯރަށް ވެއްޓިފައިވާއިރު، މި ހާދިސާ ހިނގީ މަތިންދާބޯޓު ވޮޝިންގްޓަން ނެޝަނަލް އެއަރޕޯޓަށް ޖައްސަން އުޅެނިކޮށެވެ.

މަތިންދާބޯޓުގައި 60 ފަސިންޖަރުންނާއި 4 ކުރޫ މެމްބަރުން ތިބި ކަމަށް ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާއިރު މަރުވި މީހުންގެ ތެރޭގައި ރަޝިއާ، ފިލިޕީންސް އަދި ޖަރުމަނުވިލާތުގެ ރައްޔިތުން ހިމެނެއެވެ. އަދި ކެންސަސް ސްޓޭޓުން ގިނަ ބަޔަކާއި ޒުވާން ސްކޭޓަރުންތަކެއްވެސް މަރުވެފައިވެއެވެ.

މަތިންދާ ބޯޓާއި ހެލިކޮޕްޓަރގައި ތިބި މީހުންނާއި ބެހޭ މައުލޫމާތުތައް އަދި އާއްމު ކޮށްފައި ނުވި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި ހާދިސާގެ ހަބަރު އެއްސެވީ ހިތާމައާ އެކުގައި ކަަމަށެވެ.

އަދި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ރައްޔިތުންނަަށް އެމަނިކުފާނު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި ތިބީ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ ރައްޔިތުންނާއެކު،". އެމަނިކުފާނުގެ ޕޯސްޓްގައި ވެއެވެ.

މި ހާދިސާ ހިނގަން މެދުވެިރިވި އަސްލު ސަބަބު ނޭނގޭއިރު، އެ ހޯދުމަށް އެމެރިކާގެ ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރާއި ފްލައިޓް ޑޭޓާ ރެކޯޑަރ ހޯދާފައެވެ.

ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ބުނީ، ދެ އުޅަނދުވެސް އާންމުކޮށް ދަތުރުކުރާ މަގުތަކުގައި ދުއްވަމުން ދިޔައިރު މުވާސަލާތީ މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި އެއަރ ޓްރެފިކް ކޮންޓްރޯލަރުން ހެލިކޮޕްޓަރަށް މަތިންދާބޯޓު އަންނަކަން އަންގައި، މަގު ބަދަލުކުރުމަށް އެންގި ކަމަށް ރޭޑިއޯ މުވާސަލާތްތަކުން ދައްކާ ކަމަށްވެސް ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Aug 2026
އަލިފާނުގެ ހާދިސާއާ ގުޅިގެން 4 ދިވެހިންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި
މާލޭގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ހަތަރު ދިވެއްސަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
16 Aug 2026
ޗެލްސީ އަންހެންޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް
މީސްމީޑިއާ ޕްލެޓްފޯމް "ތްރެޑްސް" ގައި އެންމެ ގިނަ ބައެއްގެ ތާއީދު ލިބޭ ކޮމެންޓެއް އެ ޓީމުގެ ބަޔޯ އަށް ބަދަލުކުރާނެ ކަމަށް ބުނެ ވީ ވައުދާ ޚިލާފުވެ، ޕަލަސްތީނަށް ތާއީދުކޮށް ލިޔުނު ކޮމެންޓަކާ ގުޅިގެން މުޅި ޕޯސްޓް ޑިލީޓްކޮށްލުމުން ޗެލްސީގެ އަންހެން ފުޓްބޯޅަ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
16 Aug 2026
މައިންބަފައިންނާ ގާތް ގުޅުމެއް ބޭނުންނަމަ ފުރާވަރުގައި ކުރެވިދާނެ ކަންކަން
ނަމަވެސް، ފުރާވަރަށް އެޅުމާ އެކު މައިންބަފައިންނާ ދެމެދު އުފެދޭ ދުރުކަން ކުޑަކޮށް، ގޭތެރޭގެ މާޙައުލު ހަމަޖެހޭ ތަނަކަށް ހެދުމަށްޓަކައި ޒުވާނުންނަށް އެހީވެދޭނެ މުހިންމު 8 ގޮތެއް ތަޖުރިބާކާރުން ވަނީ ހިއްސާކޮށްފައެވެ.
15 Aug 2026
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގައިފި
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ގަލޮޅު ފަހިވާގޭގެ 7 ވަނަ ފަންގިފިލާގައި ކަމަށެވެ.
15 Aug 2026
އޮޑިން ކަޕްވިނާސްކަޕް ނިންމާލީ މޮޅަކުން
ކަޕްވިނާސްކަޕަށް މި ދެޓީމް އަލްވަދާއި ކިޔާފައިވާއިރު، މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ އެވެ
15 Aug 2026
ކޮންޓްރެކްޓްގެ އެއްބަސްވުމުގެ މުއްދަތު އާކުރުމާ ގުޅޭގޮތުން ކަންބޮޑުވުމެއްނެތް: އަޓޭޓާ
ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެމުން އަޓޭޓާ ބުނީ އާސެނަލްގައި ހުންނާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ
15 Aug 2026
މަރުހޫމް ސާންތީ ކޯޗުގެ ހިދުމަތްތަކަށް ޤައުމީ އިނާމް
ސާންތީ ކޯޗް ނިޔާވީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައި. އާއިލާގެ ފަރާތުން ޤައުމީ އިނާމާ ހަވާލުވީ ކޯޗްގެ ކޮއްކޮ އަހުސަން އަބްދުލްގަނީ
15 Aug 2026
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ދިވެހި ދައުލަތުން ޢިއްޒަތެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އަލްއުސްތާޛު އަޙްމަދު ޝާކިރު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކާއި، މިއަދުގެ މި ޤައުމީ މުނާސަބަތާ ވަރަށް ބޮޑަށް ގުޅި ލާމެހިގެންދާ ކަމެކެވެ