ހަންކެނޑެ ބްރިޖް... ފޮޓޯ: އިމާރާތް ކުރުމާ ބިނާރާބެހޭ ވުޒާރާ
ހަބަރު
01 Feb 2025 | 14:51
އައްޑޫސިޓީ ހަންކެނޑެ ބްރިޖް، އާއްމު ދަތުރުފަތުރަށް ހުޅުވާލައިފި

އައްޑޫސިޓީ ހަންކެނޑެ ބްރިޖް، އާއްމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ،  އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ހިމެނޭ ހަންކެޑެ ޑީޓުއަރ ލިންކް ރޯޑްގެ މަސައްކަތްތައް ނިންމުމަށްފަހު ރޭ ދަންވަރު 12 އިން ފެށިގެން ބްރިޖް އާއްމުކޮށް ހުޅުވާލާފައިވާކަމަށެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ ހިތަދޫއާއި މަރަދޫ ގުޅާލަދޭ މި ބްރިޖް މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ، އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. ބްރިޖްގެ އަމަލީ މަސައްކަތް 2021 ވަނަ އަހަރު ފެށިގެންދިޔައިރު، ބްރިޖް މަސައްކަތްކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

ހަންކެނޑެ ބްރިޖް އާއްމު ދަތުރުފަތުރަށް ރޭ ދަންވަރު ހުޅުވާމިލީ ބްރިޖްގެ މަސައްކަތް ނިމިފައި އޮންނަތާ ދުވަސްތަކެއް ފަހުންނެވެ. މިކަމާ ގުޅޭގޮތުން އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އާއްމު ދަތުރުފަތުރަށް ބްރިޖް ހުޅުވާލުން ލަސްވީ ސަލާމަތީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކުރުމަށްޓަކަައެވެ. ހަންކެނޑެ ބްރިޖް މަޝްރޫޢުއަކީ މުޅި އައްޑޫސިތީ މަގުހެދުމުގެ 20 އިންސައްތަ މަސައްކަތެވެ. އައްޑޫސިޓީގެ ހުރިހާ ރަށެއްގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ޤާއިމްކުރުމާ އެއްކޮށް ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއެވެ.

ހަންކެނޑެ ބްރިޖަކީ 1.4 ކިލޯ މީޓަރުގެ ދިގު ބްރިޖެކެވެ. މި ބްރިޖްގައި 4 ލޭނު ހުންނައިރު، އައްޑޫސިޓީ ކައުންސިލުން ވަނީ، ބްރިޖާ ގުޅިފައިވާ ޓްރެފިކް ފްލޯއަށްވެސް ބަދަލުތައް ގެނެސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.