ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު: ފޮަޓޯ/ ޕީޖީ އޮފީސް
ހަބަރު
02 Feb 2025 | 10:00
"ވާނުވާ" ބަންދުގައި ބޮޑެތި ކުށްވެރިންވެސް އެބަތިބި؛ ދޫކޮށްލައިފި ނަމަ ނުރައްކާވާނެ: ސީޕީ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ގިނަ މީހުންނަކީ ބޮޑެތި ކުށްތައް ކޮށްފައިވާ ކުށްވެރިން ކަމަށާއި އެ މީހުން ދޫކޮށްލައިފިނަމަ ޝަރީއަތަށާއި މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝަރީޢަތް ނިމެންދެން ބަންދުގައި 435 މީހުން އެބަތިބި އިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އިއްޔެ ބޭއްވި "ބަންދު ފޯރަމް"ގައި ވާހަކަދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ މީގެ ކުރިންވެސް ބަންދުން ދޫކޮށްލުމުން އޭގެ ނޭދެވޭ އަސަރު ޝަރީޢަތަށާއި މުޖުތަމަޢަށްކޮށްފައި އެބަހުރިކަމަށެވެ.

"މިދަންނަވާ ކަހަލަ މީހުން ބަންދުން ދުކޮށްލުމުން އެކަމުގެ ނޭދެވޭ އަސަރު ޝަރީއަތްތަކަށް އަދި މުޖުތަމަޢަށް ކޮށްފައި އެބަހުރި. މިކަހަލަ މީހުން ދޫކޮށްލާނަމަ އެމީހުންގެ ކަންކަން ބަލައި މޮނިޓާކުރެވޭނެ ރަނގަޅު ނިޒާމެއްވެސް އޮންނަންޖެހޭ. ޤާނޫނުތަކަށް ބަދަލު ގެނެސްގެން ޓެގް އެޅުވިގެން މޮނިޓަރކުރެވިދާނެ. ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މޮނިޓަރކުރެވޭނެ ނިޒާމެއް ނެތި ހައްޔަރުކުރުމުގެ މަޤުޞައްދު ހާސިލެއް ނުވާނެ. މިވަގުތު ބަޔަކު ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން."  

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު

ސީޕީ އިތުރަށް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މިވަގުތުވެސް ގިނަ ބަޔަކު އެބަ ތިބި ކަމަށެވެ. އަދި އެއީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށްވީ ނަމަވެސް އޭގެތެރޭގައި ދޫކޮށްލައިގެން ނުވާނެ ބަޔަކު އެބަތިބި ކަމަށެވެ.

"ރިމާންޑްގައި މިތިބީ މަސްތުވާތަކެތީގައި މައްސަލަތަކުގައި ތިބި މީހުން. ޖިންސީގޯނާގެ ތުހުމަތުގައި ބަންދުކުރެވިފައި ތިބި މީހުން. އެ ތުހުމަތު ކުރެވޭ ފަރާތްތައް ދޫވުމުކީ ޝަރީޢަތައް ނުފޫޒުތައް ފޯރުވިދާނެ ކަމެއް. ވިކްޓިމްސްއަށް އޮތް ނުރައްކަލެއް.. މިވަގުތު އެ ބަޔަކު ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން." ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.

މިއާއެކު ސީޕީ ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކޮށް ދައުވާކުރަން ފޮނުވުމަށް ފުލުހުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.


ކޮމެންޓް
ކަބަލުން
ވާނުވާ އުވާލާ ރައީސްގެ ވައުދުފުޅެއް.ފުއްދަވާ.
02 Feb 2025
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.