ވިޔަފާރި
02 Feb 2025 | 10:34
ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ޚާއްޞަ ޕްރީމިއަމް ބްރޭންޑް، "މޭސަން ވަރކްސް" ޓްރެވެލް ގައިޒް އިން ތަޢާރަފުކޮށްފި

މަޝްހޫރު މާކެޓިންގ އަދި ޕަބްލިކް ރިލޭޝަންސް އޭޖެންސީއެއް ކަމުގައިވާ ޓްރެވެލް ގައިޒް އިން ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އަމާޒުކޮށްގެން "މޭސަން ވަރކްސް" ގެ ނަމުގައި އައު ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.

މި އިނީޝިއޭޓިވްގެ މަޤްޞަދަކީ ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނާއި، ޑިވެލޮޕަރުންނާއި އަދި އެހެނިހެން ފަރާތްތަކަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި، ނެޓްވަރކިންގ ފުރުޞަތުތައް ހޯދައިދިނުމާއި އަދި ތަޖުރިބާަދި ތަޖުރިބާކާރުން ތައްޔާރުކުރާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މޭސަން ވަރކްސްގެ ދަށުން ދެ ޕްރޮޑަކްޓެއް ތަޢާރަފުކުރާ ކަމަށް ޓްރެވެލް ގައިޒް އިން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ޕްރޮޑަކްޓަކީ masonworks.build ވެބްސައިޓެވެ. މިއީ ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި، މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ތަޖުރިބާކާރުންގެ ލަފަޔާއި އަދި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކުގެ ޑައިރެކްޓަރީއެއް ހިމެނޭ ވެބްސައިޓެކެވެ. މީގެ އިތުރުން މި ޕްލެޓްފޯމުން ޚާއްޞަ ރިޕޯޓުތަކާއި، ޤަވާޢިދުތަކަށް އަންނަ ބަދަލުތަކާއި އަދި ދާއިރާގެ އިސް ފަރާތްތަކާއެކު ކުރެވޭ އިންޓަވިއުތައް ވެސް ފޯރުކޮށްދޭނެއެވެ.

ދެވަނަ ޕްރޮޑަކްޓަކީ "މޭސަން މެގަޒިން" އެވެ. މިއީ ޕްރިންޓް އަދި ޑިޖިޓަލް ވަޞީލަތްތަކުން ޝާއިޢުކުރާނެ ޕްރީމިއަމް މެގަޒިނެކެވެ. މި މެގަޒިންގައި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގެ ފުންކޮށް ދިރާސާކޮށްފައިވާ މަޢުލޫމާތާއި، ތަޖުރިބާކާރުންގެ ޚިޔާލުތަކާއި، އަދި ދާއިރާގެ އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭ ޚާއްޞަ ލިޔުންތައް ހިމެނޭނެއެވެ. މި މެގަޒިންގެ ފުރަތަމަ އަދަދު ނެރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުގައެވެ.

"ދިވެހިރާއްޖޭގައި އަވަސް ދުވެއްޔެއްގައި ކުރިއަރަމުންދާ އުމްރާނީ ތަރައްޤީއާއެކު، އެއްބާރުލުމާއި އައު އީޖާދުތަކަށް ޚާއްޞަ ކުރެވިފައިވާ މަންޞައެއްގެ މުހިންމުކަން މިހާރު ވަނީ ކުރިއަށްވުރެ ބޮޑުވެފައި. މޭސަން ވަރކްސް އަކީ މި ދާއިރާގައި ކުރިއަރަމުންދާ ޕްރޮފެޝަނަލުންނަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެންމެ މުހިންމު ވަސީލަތަކަށް ވެގެންދާނެ. މަތީ ފެންވަރުގެ މަޢުލޫމާތާއި ޞިނާޢީ އިންޓެލިޖެންސްގެ ޒަރީއާއިން، އަޅުގަނޑުމެންގެ މަޤްޞަދަކީ ވިޔަފާރިތަކާއި ޕްރޮފެޝަނަލުންނަށް މަޢުލޫމާތުގެ އަލީގައި ރޭވުންތެރި ނިންމުންތައް ނިންމުމަށް ބާރު ދިނުން" ދަ ޓްރެވަލް ގައިޒްގެ މެނޭޖިންގ ޑިރެކްޓަރ ފްރާތު މުޙައްމަދު ވިދާޅުވިއެވެ.

މޭސަން ވަރކްސްގެ އަމާޒަކީ ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޞިނާޢަތުގައި ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ބާރަކަށްވެ، ދެމެހެއްޓެނިވި ގޮތްތަކާއި، އެންމެ ރަނގަޅު އުސޫލުތަކާއި، މި ދާއިރާއަށް ކުރިމަގުގައި އަންނާނެ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މަގުފަހިކޮށްދިނުމެވެ. މި މަންޞައިން އިންވެސްޓަރުންނާއި، ޑިވެލޮޕަރުންނާއި، ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުންގެ މެދުގައިވާ ގުޅުން ބަދަހިކޮށްދީ، އެއްބައިވަންތަކަމާއި ހަރުދަނާކަން އިތުރު ޢިމާރާތްކުރުމުގެ ނިޒާމެއް އުފެއްދުމަށް އެހީތެރިވެދޭނެއެވެ.

މޭސަން ވަރކްސްއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް Masonworks.build އަށް ޒިޔާރަތްކުރުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް ޓްރެވެލް ގައިޒް އިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.