އޮޕަރޭޝަން ކުރަނގި ކުރިއަށް ދަނީ: ފޮޓޯ/ ހޯމް މިނިސްޓްރީ
ހަބަރު
02 Feb 2025 | 13:05
މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އަދާހަމަ ކުރަން ދޮޅުމަސް ދީފި

މާލޭ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު)  މަސައްކަތްކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުން، އެ މީހުންގެ މައުލޫމާތު އަންނަ މަހުގެ 15ގެ ކުރިން ހޯމް މިނިިސްޓްރީއާ ހިއްސާކުރުމަށް އެ މިނިސްޓްރީން މިއަދު އަންގައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، މާލެ ސަރަހައްދުގައި ވަޒިފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ހިމެނޭ ގޮތަށް ބައޯމެޓްރިކްސް ހިއްސާކުރުމުގެ މަސައްކަތް، މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން ހޯމް މިނިސްޓްރީގެ ފޮރިން ލޭބާ ޑިޕާޓެމެންޓާ ގުޅިގެން ކުރިއަށް ގެންދިޔުމަށް އެދިފައެވެ.

އަދި އެ މުއްދަތުގެ ތެރޭގައި މައުލޫމާތު އަދާހަމަ ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑުކޮށް އެ މީހުންނަށްދޭ ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ އިއުލާނުގައި އިތުރަށް ބުނީ މާލޭ ސަރަަހައްދުގެ ބިދޭސީންގެ މައުލޫމާތު ނެގުމާއި އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަަންފީޒު ކުުރުމަށް އެކަށައަޅާފައިވާ ހުރިހާ ކަންކަން ވިލަރެސްކުރަނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި، އެ އޮޕަރޭޝަނަށް ޚާއްސަކޮށް ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގައި ކަމަށެވެ.

އެ ސެންޓަރުން ޚިދުމަތް ދެމުންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 22:00އަށެވެ.

އަދި އޮޕަރޭޝަން ކުރަނގިއާ ގުޅޭ އިތުރު މައުލޫމާތު 7690228އަށް ގުޅުމުން ނުވަތަ [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.