އެސްޓީއޯ ހެޑް އޮފީސް
ހަބަރު
02 Feb 2025 | 20:42
އެސްޓީއޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު 5.9 ބިލިއަން ރުފިޔާގައި!

މިދިޔަ އަހަރު ނިމުނުއިރު އެސްޓީއޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު 5.9 ބިލިއަން ރުފިޔާއަށް އަރާކަމަށް އެކުންފުނީގެ މާލީހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯގެ ނިމިގެންދިޔަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމިގެންދިޔައިރު އެސްޓީއޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ވަނީ 6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެސްޓީއޯއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 34.6 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ ފާހަގަކުރެވެނީ އެންމެ ރިސީވްއަބްލަސް ބޮޑު ކުންފުނީގެ ގޮތުގައެވެ. އެސްޓިއޯގެ މާލީބަޔާންތަކަށް ބަލާއިރު އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދަކީ ހަކަތައިގެ ގޮތުގައި ވިއްކާ ތެއޮ ވިއްކައިގެން ތެއޮ ބިލްތަކުން ލިބެންޖެހޭ ފައިސާއެވެ. އެސްޓީއޯއަށް އެންމެގިނައިން ފައިސާ ދޭންޖެހޭ ކުންފުންޏަކީ ފެނަކައެވެ. އެސްޓީއޯގެ 2023 ވަނަ އަހަރުގެ މާލީ ބަޔާނުން ދައްކާގޮތުގައި އެއަހަރު ނިމުނުއިރު އެސްޓީއޯގައިވާ ފެނަކައިގެ ދަރަނި އުޅެނީ 1.9 ބިލިއަން ރުފިޔާގައެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ބަޔާނަށް ބަލާއިރު، އެއަހަރު އަހަރު ކުރި ވިޔަފާރިއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެކުންފުންޏަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 717 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް