ދިވެހި ފުލުހުން
ހަބަރު
03 Feb 2025 | 07:02
ހިންދޫ ދީނުގެ ”ޕޮންގަލް ފެސްޓިވަލް“ ރާއްޖޭގައި ނުބޭއްވޭނެކަން އަންގައި، ހުއްޓުވައިފިން: ފުލުހުން

ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރާއި ގުޅިގެން ބާއްވަން ތައްޔާރުވަމުންދިޔަ ”ޕޮންގަލް 2025“ ފެސްޓިވަލް ކެންސަލް ކޮށްފިއެވެ. 

މިމަހު ހަތް ވަނަ ދުވަހު ބާއްވަން ރާވަމުން ދިޔަ މި ޕޮންގަލް ފެސްޓިވަލަކީ ޓަމިލް މީހުން އިރަށް އަޅުކަންކޮށް ޝުކުރުއަދާކުރުމުގެ ގޮތުން ބާއްވާ ހިންދޫ ދީނުގެ ދީނީ އަޅު ކަމެކެވެ. 

އެ ފެސްޓިވަލް ރާއްޖޭގައިވެސް ބޭއްވުމަށް އިންޑިޔާ ހައިކޮމިޝަނުން ނިންމައި އެކަން އާއްމު ކުރުމުން ދީނީ ޢިލްމުވެރިން ވަނީ އެއީ ޝިރުކުގެ ޢަމަލެއް ކަމަށް ބުނެ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލައި އަޑު އުފުލާފައެވެ. އަދި އާއްމު ރައްޔިތުންވެސް ވަނީ އެފަދަ ކަންކަން ރާއްޖޭގައި ބާއްވަން ރާވާތީ އެކަމާ ދެކޮޅަށް ޝުޢޫރު ފާޅުކޮށް އެކަން ހުއްޓުވަން ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ. 

އެކަމާއި ގުޅިގެން، ފުލުހުން ރޭ ކުރި ޕޯސްޓެއްގައި ބުނީ، މިމަހު ހަތް ވަނަ ދުވަހު ”ޕޮންގަލް 2025“ ނަމުގައި ބާއްވަން ރާވަމުންދިޔަ އެ ފެސްޓިވަލް ނުބޭއްވޭނެކަން އެ ފެސްޓިވަލް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ފަރާތަކަަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށެވެ. 

އަދި އެ ފެސްޓިވަލް މިހާރު ކެންސަލް ކުރެވިފައިވާ ކަމަށްވެސް އިންތިޒާމް ކުރި ފަރާތުން މައުލޫމާތު ދޭ ކަމަށް ބުނެފައިވެއެވެ. 

މިއާއެކު ފުލުހުން ބުނީ، މިފަދަ ހަރަކާތެއް ހިންގާ ނަމަ ފުލުހުން އެކަން ހުއްޓުވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.