ފެނަކަ އޮފީހެއް
ހަބަރު
03 Feb 2025 | 10:46
ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު 36،000 އިން މަތީގައި؛ އެންމެ ގިނައީ ފެނަކައިގައި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 36،753 އަށް އަރައިފިއެވެ. މިއީ ކުރީ ކުއާޓަރާއި އަޅާބަލައި 2،698 މުވައްޒަފުން އިތުރު އަދަދެކެވެ. 

ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން އެންމެ މުވައްޒަފުން ގިނަ ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑެވެ. އެ ކުންފުނީގައި 7،045 މުވައްޒަފުން އެބަތިއްބެވެ.

އަދި މި ކުއާޓަރ ގައި ފެނަކައިން ކުންފުނީގެ މުވައްޒަފުންގެ ޚަރަދުގެ ގޮތުގައި 222 މިލިއަން ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްގައިވާ އިރު އެއީ ދެވަނައަށް އެންމެ ގިނައިން މުވައްޒަފުންނަށް ޚަރަދުކުރި ކުންފުނިކަން ރިޕޯޓުން އެނގެއެވެ.

ފެނަކައާއި ޖެހިގެން ދެން އެންމެ މުވައްޒަފުން ގިނައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައެވެ. އެތަނުގައި 4،518 މުވައްޒަފުން އެބަ ތިއްބެވެ. މުވައްޒަފުންގެ ޚަރަދު އެންމެ ބޮޑު ކުންފުންޏަކީވެސް އެމްއޭސީއެލެވެ. އެ ކުންފުނިން މުވައްޒަފުންގެ ޚަރަދަށް 270.68 މިލިއަން ރުފިޔާ ހޭދަކުރެއެވެ.

މި ރިޕޯޓު ގައި ބުނެފައިވާ ގޮތުން ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރެއިން 16 ކުންފުންޏަކީ ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ (ސެލްފް ސަފިޝެންޓް) ކުންފުނިތަކެވެ. އަދި، 14 ކުންފުންޏަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން (ގަވަންމެންޓް ފަންޑެޑް) ކުންފުނިތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް