ކޮންގްރެސް ޕާޓީގެ ޕީޖީ ގުރޫޕު---ފޮޓޯ: ވޮއިސް
ހަބަރު
05 Feb 2025 | 14:14
މަޖިލީހުގެ ރައީސްކަމުން ޢަބްދުއްރަހީމް އަޒުލުކުރަން އުޅޭވާހަކަ ފަލާހު އަނެއްކާވެސް ދޮގުކުރައްވައިފި

މަޖިލީސް ރައީސް, ޢަބްދުއްރަޙީމް ޢަބްދުﷲ އަޒުލުކުރަން ޕީއެންސީ އިން މަސައްކަތް ނުކުރާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ  އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. 

"ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފަލާހް މިފަދައިން ވިދާޅުވީ މަޖިލީސް ރައީސްގެ ދަރިކަލުން ކަމުގައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހީމް އެމަޤާމުން ވަކިކުރެއްވި ފަހުން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ރައްދުގައެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ، ދާދި ފަހުން މަޤާމުން ވަކިކުރެއްވުމަކީ ޕީއެންސީ ބައިބައިވުމުގެ ފެށުމުގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމަ އެފަދައިން މަޖިލީސް ރައީސްވެސް މަޤާމުން ވަކިކުރެއްވުން އެކަށީގެންވާ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރަމުންދާ ވާހަކައިގެ ރައްދުގައި ފަލާހު ވިދާޅުވީ އެއީ "ބޮޑު ދޮގެއް" ކަމަށެވެ. އަދި އެފަދަ މަސައްކަތެއް ޕީއެންސީ އިން ކުރަން އުޅޭ ކަމުގެ ވާހަކަ ދޮގުކުރައްްވާފައި ވެއެވެ. 

މީގެ އިތުރަށްވެސް، ކުރީ ސަރުކާރުގެ ވެރިކަމުގައި އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުން ޕީއެންސީ ތެރޭގައި ނުއުފެދޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ. މި މޭރުމުން ފަލާހް އިޝާރާތްކުރައްވާފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކުރީގެ މަޖިލީސް ރައީސް މުޙައްމަދު ނަޝީދު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޒުލުކުރެއްވުމަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކުރެއްވި މަސައްކަތަށެވެ. 

މަޖިލީސް ރައީސްގެ ދަރިކަލުން މިނިސްޓަރުކަމުން ވަކިކުރައްވާފައިވަނީ ނިމިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރެއްވި ސަަބަބެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. އޭނާ މަޤާމުން ވަކިކުރެއްވުމަށްފަހު މިހާރު ޓޫރިޒަމް މިނިސްޓްރީ ވަނީ އެންވާރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.