Advertisement

މަޖިލީހުގެ ޖަލްސާ އަލުން ފަށައިގެން ކުރިއަށް!

ރައީސް މުޢިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ދަނިކޮށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖުކުރުމުން މަޖިލީސް މެދުކަނޑާލުމަށްފަހު އަލުން ފަށައިފިއެވެ. 

މަޖިލީސް އައު ދައުރަކަށް ފެށުމަށް މިއަދު ބޭއްވުނު ޖަލްސާގައި ރައީސް މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެށުމުން އިދިކޮޅު އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގައި އަޑުގަދަ ކޮށް ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާފައެވެ. 

އެއާއެކު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބއދުالله ވަނީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ ނަން އިއްވަވައި މަޖިލީހުން ނުކުމެވަޑައިގެންނެވުމަށް އަންގަވާފައެވެ.

Advertisement

އެގޮތުން ނަން އިއްވަވާފައިވަނީ، އަބްދުއްޣަފޫރު މޫސާ، މުހައްމަދު ނިއުޝާދު، އިބްރާހިމް ނާޒިލް، އަހުމަދު ދީދީ އަދި މައުރޫފް ޒާކިރާއި މުހައްމަދު އިބްރާހީމްގެއެވެ.

ރިޔާސަތުން އެ މެމްބަރުންގެ ނަން އިއްވެވި ނަމަވެސް އެ މެމްބަރުން ނިކުމެ ވަޑައިނުގަތުމުން މަޖިލީހުގެ ރައީސް ވަނީ ޖަލްސާ މެދުކަނޑާލައްވާފައެވެ.

އެއަށްފަހު އެ މެންބަރުން މަޖިލީހުން ނެރުއްވުމަށްފަހު މިހާރު ވަނީ ޖަލްސާ އަލުން ފަށައިފައެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement