އެލައިޑް އިންޝުއަރެންސް ކޮމްޕެނީ--ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ވިޔަފާރި
06 Feb 2025 | 15:33
އެލައިޑް ވޭލްގެ ފޮޓޯއެއް ހިއްސާކޮށްގެން އިނާމް ހޯދުމުގެ ފުރުސަތު!

މޯލްޑިވްސް މެރިން އެކްސްޕޯ 2025ގެ މެރިން އިންޝުއަރަންސް ޕާޓްނަރ، އެލައިޑް އިންޝުއަރަންސް؛ މިއަހަރުގެ މެރިން އެކްސްޕޯގައި ޚާއްސަ އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނިން ބުުނީ އެހެންއަހަރުތަކާއި ހިލާފަށް، މިއަހަރު މެރިން އެކްސްޕޯ ޕްލެޓްފޯމް އެލައިޑުން ބޭނުންކުރާނީ ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތަކާއި މެދު ހޭލުންތެރި ކުރުމަށް ކަމަށެވެ. މި ޕްރޮމޯޝަންގެ ބޭނުމަށް އެލައިޑް އިން މިފަހަރު ވަނީ އެކި ޕްލާސްޓިކް ވޭސްޓް ބޭނުންކޮށްގެން ބޮޑުމަހެއްގެ ސިފައަށް ސްކަލްޕްޗާއެއް ތައާރަފްކޮށްފައެެވެ. 

މޯލްޑިވްސް މެރިން އެކްސްޕޮ 2025 ގެ ހާއްސަ ޕްރޮމޯޝަން

"ރިޑިއުސިންގ ޕްލާސްޓިކް ވޭސްޓް، ޕްރޮމޯޓިންގ އޯޝަން ކޮންޒަރވޭޝަން" މިޝިއާރުގެ ދަށުން ތައްޔާރުކޮށްފައިވާ މި ސްކަލްޕްޗަރއަކީ އެލައިޑް އިންޝުއަރަންސްގެ 40ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކ.ހިންމަފުށީގައި ބޭއްވި ކިކްއޯފް އިވެންޓް "ޑައިވް 40"ގެ ތެރެއިން ރަށާއި ފަޅުތެރެ ސާފުކޮށް ކުނީގެ ގޮތުގައި ނެގުނު ޕްލާސްޓިކާއި ރަބާރާއި ދަގަނޑު ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރީކްލެއިމްޑް ވޭލްއެކެވެ.

މިއީ އެލައިޑް އިންޝުއަރަންސާއި ރާއްޖޭގެ ހުނަރުވެރި އާޓިސްޓުން ކަމުގައިވާ ސޮބާ އަދި ހުސެއިން ހިމެނޭހެން، ޓޮކްސީ-ކްރޫއާއި ގުޅިގެން ތައްޔާރުކޮށްފައިވާ ސްކަލްޕްޗަރއެކެވެ. މިމަސައްކަތުގެ މަގުސަދަކީ މިޕްލެޓްފޯމް މެދުވެރިކޮށް އަދި ތައްޔާރުކުރެވިފައިވާ ސްކަލްޕްޗަރ މެދުވެރިކޮށް އެކްސްޕޯގެ ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދިނުން ކަމަށް އެލައިޑުން ބުުންޏެވެ. 

މީގެ އިތުރުންވެސް މެރިން އެކްސްޕޯގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް އެލައިޑުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމަށް ވާގިދޭ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ރިސައިކްލިންއަށް ހޭލުންތެރިކުރުމަށް މެރިން އެކްސްޕޯ ކުރިޔަށްދާ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް، ސްކަލްޕްޗަރ ބެހެއްޓިފައިވާ ސަރަހައްދުގައި ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެލައިޑުން ބުންޏެވެ.

މޯލްޑިވްސް މެރިން އެކްސްޕޮ 2025 ގެ ހާއްސަ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ގޮތް

ހަމަ އެއާއިއެކު، މިއަހަރުގެ މެރިން އެކްސްޕޯގައި ވަރަށްވެސް އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު އެލައިޑުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ކަނޑުމަތީގެ އުޅަނދުތަކަށް ހާއްސަ ހަލް އިންޝުއަރަންސް ޕްލޭނެއް %40 ލައިފްޓައިމް ޑިސްކައުންޓެއް ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިއިނާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެލައިޑް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ކިއު-އާރް ކޯޑް ސްކޭން ކުރައްވައިގެންނެވެ. ހަމަ އެއާއި އެކު، ރީކްލެއިމްޑް ވޭލްގެ ފޮޓޯއެއް ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި އެލައިޑް ޓެގް ކުރުމަށްފަހު ޕަބްލިކް ސެޓިންގައި ޝެއަރ ކުރާ ފަރާތްތަކާއި ފުރަތަމަ އިނާމަށް ކުރިމަތިލާ، ނުހޮވޭ ފަރާތްކުގެ މެދުގައި ލަކީޑްރޯއެއް ނަގާ ނަސީބުވެރި 2 ފަރާތަށް، 1 އަހަރު ދުވަހުގެ ވެލިޑިޓީއާއި އެކު ވޯލްވައިޑް ޓްރެވަލް ޕްލޭނެއްވެސް ދިނުމަށް އެލައިޑުން ކަނޑައަަޅާފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.