ހަނީ ގާލިކް ޗިކަން
ލައިފްސްޓައިލް
07 Feb 2025 | 08:40
މިއަދު މެންދުރަށް ތައްޔާރުކޮށްލަން ފަސޭހަ، ހަނީ ގާލިކް ޗިކަން ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ!

ހުކުރުދުވަހަކީ ކުކުޅުގެ ދުވަހޭވެސް ދިވެހީން ބުނެއުޅެއެވެ. ކުރީ ޒަމާނުގައި ކުކުޅުން ހަމައެކަނި ކުކުޅު ރިހަ ކައްކައި އުޅުނަސް މިހާރު ތަފާތު އެކި ބާވަތްތައް ތައްޔާރުކޮށް އުޅެއެވެ. އެގޮތުން މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ހަނީ ގާލިކް ޗިކަންގެ ރެސިޕީއެވެ. 

ބޭނުންވާ ތަކެތި

500 ގ ބޯންލެސް ޗިކަން

1/4 ޖޯޑު ފުއް

3 1/2 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ

4 ލޮނުމެދު (ގާނާފައި)

1 1/2 މޭޒުމަތީ ސަމުސާ އެޕަލް ސިޑަރ ވިނިގަރ (ނޫނީ ވައިޓް ވިނިގަރ)

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1/3 ޖޯޑު މާމުއި

ލޮނު

އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

1. ޗިކަން ބްރެސްޓް މެދުން ދެބައިކޮށްލުމަށް އެ ދެބައިވެސް ތުނި ދެ ފަޅިއަށް ވާގޮތަށް ފަޅާލާށެވެ. ކޮންމެ ފަރާތެއްގައި ލޮނާއި އަސޭމިރުސް އުގުޅާލާށެވެ.

2. ފުޅާކޮށް ހުންނަ ތަށްޓަކަށް ފުށް އަޅާށެވެ. ކުކުޅުގެ ދެ ފުށުގައި ފުއް އުނގުޅާލާށެވެ.

3. ތަވާ ހޫނު ކުރުމަށްފަހު 2 1/2  މޭޒުމަތީ ސަމުސާ ބަޓަރ އެއަށް އަޅައި މެލްޓް ކޮށްލާށެވެ. 

4. ދެން، ތަވާއަށް ކުކުޅު އަޅާފައި 2-3 މިނެޓް ވަންދެން ރަން މުށި ކުލަ އަރަންދެން ފްރައި ކޮށްލާށެވެ. ފްރައި ކުރާއިރު ކުކުޅުގެ ދެފަރާތްވެސް އެއްވަރަޢް ފްރައިކުރަން ވާނެ އެވެ.

5. ހޫނުމިން ކުޑަކޮށް ދަށްކޮށްލާފައި، ކުކުޅުކޮޅު ތަވާގެ އެއްފަރާތް ކޮށްލުމަށްފަހު، ލޮނުމެދު ތަވާއަށް އަޅާލާށެވެ. ލޮނުމެދު މައްޗަށް ބާކީ ހުރި އެއް މޭޒުމަތީ ސަމުސާ ބަޓަރ ވެސް އަޅައި ރަނގަޅަށް ހަލުވާލާށެވެ. 

6. ލޮނުމެދުގެ ވަސް ރަނގަޅަށް ދުވަން ފެށުމުން، ވިނެގަރ، ސޯޔާ ސޯސް އަދި މާމުއި އަޅާލައި ހުރިހާ ތަކެތި ރަނގަޅަށް އެއްކޮށްލާށެވެ.

7. ސޯސް ގަނޑު، 1 މިނެޓް ވަންދެން ނުވަތަ ކުޑަކޮށް ބޯވަންދެން ކައްކާށެވެ.

8. ސޯސް ކައްކަމުންދާއިރު ކުކުޅު ދެފަރާތަށް ފުށުންޖަހައި ކުކުޅުގައި ރަނގަޅަށް ސޯސް ރަނގަޅަށް އުނގުޅާލާށެވެ. 

9. އުނދުން ނިއްވާލުމަށްފަހު ކުކުޅު ތަށިތަކަށް އަޅާފައި ބާކީ ހުރި ސޯސް ކުކުޅު މައްޗަށް އަޅާށެވެ.

ހަނީ ގާލިކް ޗިކަން އަކީ ފްރައިޑް ރައިސް، ގާލިކް ރައިސް ނޫނީ ޕްލެއިން ރައިސްއާއެކު، ނުވަތަ ޑިޕިން ސޯސްއާއެކުވެސް ވަރަށް މީރު ވާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.