ދާހިލިީ ވަޒީރު ޢަލީ އިހުސާން ރިޔާސީބަޔާން ފޯރަމްގައި ވާހަކަދައްކަވަނީ--
ހަބަރު
08 Feb 2025 | 00:02
މިއަހަރު ތެރޭ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ހެދިގެންދާނެ: އިހުސާން

މިއަހަރު ތެރޭ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ހެދިގެންދާނެ ކަމަށް ދާހިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރިޔާސީ ބަޔާން 2025 ފޯރަމް"ގައި ވާހަކަ ދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަަމުން ވަޒީރު ވަނީ މި ސަރުކާރާ ހަވާލުވިއިރު ފަރުވާ ނުފެށި 700 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 85 ޕަސެންޓް މީހުންނަށް ފަރުވާދޭން ފަށައި އޭގެ ތެރެއިން ގިނަ ބަޔަކު ފަރުވާ ފުރިހަމަކޮށްފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ މާލޭގެ މަގުމަތީގައި ސަލާންޖެހުމާއި ޑްރަގް ބޭނުންކޮށްގެން މަގުމައްޗަށް ވެއްޓި ތިބޭ މަންޒަރު މިހާރު މަދުވާނެ ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ރިމާންޑް ސެންޓަރުން ކަމަށެވެ. ވަޒީރު ވަނީ ކާމިޔާބު ރިހެބިލިޓޭޝަން ފަރުވާގެ މިސާލެއްވެސް ދައްކަވާފައެވެ. 

އާންމު ގޮތެއްގައި މަޖީދީމަގުގަ ހުންނަ އޭޓީއެމް މެޝިން ހުންނަ ސަރަހައްދުން ފެންނަ ފަރާތް މިހާރު ޑްރަގުގެ ވަބާއިން ދުރުވެ އެ ފަރާތް މިހާރު ރާއްޖޭގައި މަރުކަޒީ ގޮތެއްގައި ހިންގާ އިލެކްޓްރިކަލް އިންޖިނިއަރިންގ ކޯހެއްގައި ދަނީ ކިޔަވަމުން. އަދި އޭނާއަކީ އާދަޔާ ޚިލާފަށް ކުރެހުމުގެ ހުނަރު ލިބިފައިވާ ފަރާތެއް. އަޅުގަނޑުމެން އެ ވަސީލަތްތައް ހޯދައިދީ މިހާރު އެ އާޓު ތަންތަނުގައި ޑިސްޕްލޭ ކުރެވި ވިއްކޭނޭ މަގު ވަނީ ހޯދައިދީފަ

ދާހިލީ ވަޒީރު ޢަލީ އިހުސާން

ވަޒީރު ވިދާޅުވީ ޑްރަގް ޑިމާންޑް ދަށްކުރުމަށް ކުރަމުންދާ މަސައްކަތް މިއަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، ވަޢުދު ވެފައިވާ ގޮތަށް، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ގާއިމްކުރާ މަރުކަޒުތައް މިއަހަރުގެ ތެރޭގައި ހެދިގެންދާނެ ކަމަށެވެ.

މާލެ ސަރަހައްދު ފިޔަވާ މިވަގުތު ރިހެބިލިޓޭޝަން ފަރުވާ ލިބެނީ އަތޮޅުތެރޭގެ ތިން ސަރަހައްދަކުންނެވެ. އެއީ ކ. ހިންމަފުށި، ގދ. ތިނަދޫ، ހދ. ހަނިމާދޫ އެވެ. މާލެ ސަރަހައްދުން ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ލިބެނީ ގުޅީފަޅު ޑްރަގް ރިމާންޑް ސެންޓަރ، ހުޅުމާލެ ހާފްވޭ ހައުސް އަދި ކޮމިއުނިޓީ ސާވިސް ސެންޓަރ ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.