އައްޑޫއަށް ޒިޔާރަތްކުރި ކްރޫޒް ލައިނާ---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލު
ވިޔަފާރި
08 Feb 2025 | 16:20
އައްޑޫސިޓީއަށް ބަނދަރުކުރި ކްރޫޒް ޝިޕަކުން 100 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

އައްޑޫސިޓީއަށް ބަނދަރުކުރި ކްރޫޒް ޝިޕަކުން 100 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. 

"ނޮބެލް ކެލެޑޯނިއާ" ނަމަކަށް ކިޔާ އެ އުޅަނދު އައްޑޫ ސިޓީ މަރަދޫގައި ބަނދަރުކޮށްފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު އެވެ. އެ ކްރޫޒް ޝިޕް އައީ ‘މަންޓާ ޓްރަސްޓް’ އެޖެންސީގެ ދަށުންނެވެ. އުޅަނދުން މަރަދޫއަށް ފޭބި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ހަރަކާތްތަކާއެކުގައެވެ

މިކަމާ ގުޅޭގޮތް އައްޑުސިޓީ ކައުންސިލުން ބުނީ ކްރޫޒްޝިޕްގެ ފަތުރުވެރިން ވަނީ އައްޑޫ ސިޓީގެ އެކި ހިސާބުތަކަށް ޒިޔާރަތްކޮށް އައްޑޫ ނޭޗާ ޕާކާއި ތާރީހީ ބައެއް ތަންތަނަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ނޭޗާ ޕާކަށް ކުރި ޒިޔާރަތަކީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކުރި ހަރަކާތެކެވެ.

އައްޑޫސިޓީއަށް ބަނދަރުކުރި ކްރޫޒް ޝިޕުން ފޭބި ފަތުރުވެރިންގެ ބަޔަކު މަރަދޫފޭދޫގައި... ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫއަކީ މީގެ ކުރިން ބޭރުގެ ކްރޫޒް ލައިނަރތައް ގަވާއިދުން ދަތުރުކުރާ ސަރަހައްދެކެވެ. ނަމަވެސް ކޯވިޑް-19 އަށް ފަހު ކްރޫޒް ބޯޓުފަަހަރުތައް އައްޑޫއަށް ބަނދަރުކުރާ އަދަދު މަދުކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އައްޑޫސިޓީ ކައުންސިލުން އަންނަނީ ދެކުނުގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ހަރަކާތްތަކެއް ހިންގަމުންނެވެ. 

އައްޑޫސިޓީއަށް ބަނދަރުކުރި ކްރޫޒް ޝިޕުން ފޭބި ފަތުރުވެރިންގެ ބަޔަކު މަރަދޫފޭދޫގައި... ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގައި ބޭއްވި ވޯލްޑް ޓްރެވަލް މާކެޓް ފެއާގައި ކައުންސިލުން ވަނީ ބައިވެރިވެފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިމުމާ ގާތްވުމާއެކު، އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ތައާރަފް ކުރުމަށް ބޮޑެތި އެއާލައިންތަކާއެކު ސަރުކާރުންވަނީ މަޝްވަރާތައް ފަށާފަ އެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމަށް ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އައްޑޫގައި ފަތުރުވެރިކަމަށް 6000 އެނދު ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.