ރަށު އެކްސްޕޯގެ ލޮޖިސްޓިކްސް ޕާޓްނަރަކަށް އީ ޓުކުރި ހަމަޖެއްސުން..: ފޮޓޯ/ ޓްރެވެލް ގައިޒް
ހަބަރު
09 Feb 2025 | 17:42
ރަށު އެކްސްޕޯގެ އޮފިޝަލް ލޮޖިސްޓިކްސް ޕާޓްނަރަކަށް އީ ޓުކުރި!

ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް އަދި ޑޮމެސްޓިކް ޓޫރިޒަމް އެކްސްޕޯ ކަމުގައިވާ ރަށު އެކްސްޕޯ 2025ގެ އޮފިޝަލް ލޮޖިސްޓިކްސް ޕާޓްނަރަކަށް އީ ޓުކުރި ހަމަޖައްސައިފިއެވެ.

ރަށު އެކްސްޕޯގެ އޮފިޝަލް ލޮޖިސްޓިކް ޕާޓްނަރަކަށް އީ ޓުކުރި ހަމަޖައްސާފައިވާކަން އިއުލާނުކޮށްފައިވަނީ މިއަދެވެ. މިކަމާ ގުޅޭގޮތުން ޓްރެވަލް ގައިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ، އީ ޓުކުރި ފަދަ ލޮޖިސްޓިކްސް ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުންޏަކުން މިފަދަ އެކްސްޕޯގެ ޕާޓްނަރަކަށް ވުމަކީ މި އިވެންޓަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ލޮޖިސްޓިކްސްގެ މުއާމަލާތްތައް ތަރައްޤީކުރުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނޭކަން ސަނީ ފާހަގަކުރެއްވިއެވެ.

ރަށު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މި އެކްސްޕޯގައި ތަފާތު އެކި ފިޔަފާރިތަކުގެ ޕެވީލިއަންތައް ފެނިގެންދާނެއެވެ. ރަށު އެކްސްޕޯގައި، ރަށު ކައުންސިލްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކާއި، ލޯކަލް ވިޔަފާރިތަކާއި އަދި ޓޫރިޒަމް ދާއިރާގެ އެހެނިހެން ފަރާތްތައް ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ފަތުރުވެރިންނާ ގުޅުވައިދޭ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތްކުރެވޭނެއެވެ.

މި އެކްސްޕޯގައި މިހާތަނަށް 70 އަށްވުރެ ގިނަ ސްޓޯލްތައް ފެނިެގންދާއިރު، މީގެ ތެރޭގައި ރަށު ކައުްނސިލްތަކާއި، ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގެ އިތުރުންވެސް ތަފާތު ފިޔަފާރިތައް ހިމެނެއެވެ. މި އެކްސްޕޯއަށް ދިވެހިންގެ އިތުރުންވެސް ރާއްޖޭގައި އުޅޭ ބޭރުގެ އެކި ފަރާތްތަކުން ޒިޔާރަތްކުރާނޭކަމަށް ބެލެވެއިރު، މި އެކްސްޕޯގެ ސަބަބުން ވިޔަފާރިތަކަށާއި، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ލިބިގެންދާނޭކަމަށް ފެއާ އިންތިޒާމްކުރާ ދަ ޓްރެވަލް ގައިޒް އިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.