ގަލޮޅު ދެކުނު ދާއިރާގެ މެންބަރ މީކާއީލު އަޙްމަދު ނަޞީމް--ފޮޓޯ: މަޖިލީސް
ހަބަރު
10 Feb 2025 | 10:13
ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ގޮވާލައިފި

ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީ ތަމްސީލުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ މީކާއީލު އަޙްމަދު ނަޞީމްއެވެ.

މީކާއީލް ހުށަހެޅި މި މައްސަލައިގައި ވަނީ ޑިސެމްބަރު 11، ގައި ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރި މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރު ކޮށްފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި މުދާ މިލްކުކުރުމާއި މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެފައެވެ. 

ވޯޓުގައި ބައިވެރިވީ މެންބަރުންގެ އިއްތިފާގުން މި މައްސަލަ މަޖިލީހުން ވަނީ ބަލައިގެންފައެވެ. 

ޑިސެމްބަރ 11 ގައި ޓެކްސީ ޑްރައިވަރުން މުޒާހަރާކޮށްފައިވަނީ ސަރުކާރުން ޓެކްސީ ލައިނެއް އުފައްދަން އުޅޭކަން އިއުލާންކުރުމުންނެވެ. މުޒާހަރާ ކުރި ދުވަހު ޓެކްސީތައް ޓޯ ކުރުމުގެ ސަބަބުން ވަރަށް ގިނަ ޓެކްސީ ޑްރައިވަރުން ކާންބޯން ކުރާ މަސައްކަތަށް ގެއްލުންވިކަން މީކާއީލް ފާހަގަކުރިއެވެ.

އެއާއެކު، މީކާއީލް ވަނީ ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރި ދުވަހު ފުލުހުންގެ ފަރާތުން ޑްރައިވަރުންގެ ޓެކްސީތަކަށް ގެއްލުން ލިބުނު ކަމަށް ތުހުމަތުކޮށްފައެވެ. އެ ގެއްލުމުގެ ބަދަލު ޓެކްސީ ޑްރައިވަރުންނަށް ލިބެންޖެހޭ ކަމަށް މީކާއީލް ގޮވާލައްވާފައި ވެއެވެ. މީގެއިތުރުން މި މުޒާހަރާގައި ހައްޔަރުކުރި ޓެކްސީ ޑްރައިވަރުން ދޫކޮޮށް، އެ ޑްރައިވަރުންގެ މުދާ އެފަރާތްތަކާއި އަނބުރާ ހަވާލުކުރުމަށްވެސް މީކާއީލް ގޮވާލައްވާފައި ވެއެވެ. 

ކޮމެންޓް
ބަޗީ
ހިކިފަސްގަނޑެއްގައި ބަކަތަޅަނީ.
10 Feb 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.