މަޖިލީސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފުރާވަޑައިގެންނެވުމަށް ވީއައިއޭއަށް ވަޑައިގަންނަވަނީ---ފޮޓޯ: މަޖިލީސް
ހަބަރު
10 Feb 2025 | 16:11
ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް އިންޑިއާއަށް!

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު އަވައްޓެރި އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގެ، 17 ވަނަ ލޯކް ސަބާގެ ރައީސް އޯމް ބިރްލާގެ ދައުވަތަކަށެވެ. އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގަންނަވާކަން އިއުލާން ކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްއާ މަޖިލީހުގެ ރިޔާސަތު ހަވާލުކުރައްވާފައެވެ. 

އިންޑިޔާ ސަރުކާރުން ކުރިން ބުނެފައި ވަނީ އަބްދުއްރަހީމް ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި މަޖިލީހުގެ ވަފުދަކާއެކު ވަޑައިގަންނަވާނެ ކަމަށެވެ. މިދަތުރަކީ އިންޑިއާއާއި އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި އިންޑިއާގެ ‘ނެއިބަރހުޑް- ފަސްޓް’ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދާ ދަތުރެކެވެ.

މިއީ އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ  ދަތުރުފުޅެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.