ހަލިމަގު
ހަބަރު
10 Feb 2025 | 17:01
އެކްސިޑެންޓް ވެފައި އޮތް މީހާގެ ގައިމަތިން ސައިކަލުގައި ދިޔަ މީހާގެ މައްސަލަ ޕީޖީއަށް ފޮނުވަނީ!

ބްރިޖް ހައިވޭ އެކްސިޑެންޓް ވެފައި އޮތް މީހެއްގެ ގައިމަތިން ސައިކަލުގައި ދިޔަ މީހާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ފުލުހުން މިއަދު ނެރުުނު ނޫސްބަޔާނެއްގައި ބުނީ ފެބްރުވަރީމަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 08:11 އެހާކަށްހާއިރު ހުޅުމާލެއިން މާލެއަށް އަންނަ ވޭނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ ހަލިމަގުގެ ހުޅުމާލެއިން މާލެއަށް އަންނަ ފަޅީގައި، ސީޕްލޭން ލޭންޑްކުރާ ހިސާބުގައެވެ. މި ސަރަހައްދުގައި ހިނގަމުންދިޔަ ސޯލާ ޕެނެލް މަސައްކަތާ ގުޅިގެން މަގުގެ އަރިމަތީގައި ބަހައްޓާފައި ހުރި ކޯންތަކެއްގައި ސައިކަލެއް ޖެހި ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލަކުން ވެއްޓިފައި އޮތް މީހާގެ ގައިގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. 

އެކްސިޑެންޓްގައި އަނިޔާވިމީހާއަށް ފަރުވާދެމުންދަނިކޮށް އެދުވަހު ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗްއިން މައުލޫމާތު ދީފައި ވެއެވެ. ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖާވިދު ޗައުދަރީ (30އ) އެވެ. 

ފުލުހުން މި ހާދިސާގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުން، ޖާވިދު ދުއްވަމުންދިޔަ ސައިކަލް ކޯނުގައި ޖެހި ވެއްޓުނު ވަގުތު، ފަހަތުން އައި ސައިކަލުން އޭނާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު ފެންނަކަން ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން، އެއްގަމު ދަތުރުފަތުރު ގާނޫނުގެ ދަށުން އެމީހާ ދުއްވި ސައިކަލު ޓޯކޮށް، ފުލުހުން ވަނީ އޭނާގެ ލައިސަންސް ހިފަހައްޓާފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ލައިސެންސް ހިފަހައްޓާފައިވާ މުއްދަތު އިތުރުކޮށްފައެވެ. 

އެކްސިޑެންޓުގައި ނިިޔާވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެކްސިޑެންޓްވުމުން އެތަނުގައި މަޑުކުރިކަން ފުލުހުން ފާހަގަކުރިއެވެ. އެ ސައިކަލު ދުއްވި ދުވެލި ދެނެގަތުމަށް ތަހުގީގުގެ ތެރެއިން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ހާމަކުރިއެވެ. 

އެއާއެކު، މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕީޖީ އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ފުލުުހުންގެ މުއައްސަސާއިން ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.