މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ޝިޔާމް ވާހަކަ ދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
11 Feb 2025 | 09:46
ރިޔާސީ އިންތިޚާބުގެ ތެރެއިން މަހުގެ އަގު މަތި ކުރުމުން މަހުގެ އުފެއްދުން އުފައްދާ ފަރާތްތައް ބަނގުރޫޓުވި: ޝިޔާމް

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު، އޭރު އޮތް އެމްޑީޕީ ސަރުކާރުން މަހުގެ އަގު 25 ރުފިޔާއަށް މަތި ކުރުމުން މަހުގެ އުފެއްދުންތައް އުފައްދާ ގިނަ ފަރާތްތައް ބަނގުރޫޓު ވެގެންދިޔަ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު މަޖިލީހަށް ހާޒިރުކޮށް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، މަހުގެ ބާވަތްތައް ކައްކައި ހިއްކައިގެން، އާމްދަނީ ހޯދާ ފަރާތްތަކަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، އެފަދަ ފަރާތްތަކަކީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މުހިންމު މަސައްކަތް ތަކެއް ކުރައްވާ ފަރާތްތަކެއް ނަމަވެސް، އެފަރާތްތަކާއިމެދު ވޭތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް އަޅާލާފައި ނުވާ ކަމަށެވެ. ޚާއްސަކޮށް، މިދިޔަ ސަރުކާރުން އެއްވެސް ދިރާސާ ކުރުމެއް ނެތި މަހުގެ އަގު މަތި ކުރުމުން އެ ފަރާތްތައް ބަނގުރޫޓް ވެގެންދިޔަ ކަމަށެވެ. 

ވޭތުވެދިޔަ ސަރުކާރު ނިންމާލިއިރުގައި އެފަރާތްތައް ތިބި ހާލަތު އިތުރަށް ގޯސްކޮށްފައި ވެރިކަމުން ފައިބާވަޑައިގަތީ. 17 ރުފިޔާއަށް ހުރި މަހުގެ އަގު، 25 ރުފިޔާއަށް ބަދަލުކުރި ކުރުން ވެގެން ދިޔައީ، މަހުގެ އުފެއްދުން އުފައްދާ ފަރާތްތައް، ހުރިހާ ފަރާތްތައް ބަނގުރޫޓްވެގެން ދިޔަ. މިފްކޯއަށް އެކަނި މަސް ގެނެވޭ ހާލަތަށް ދިވެހިރާއްޖޭގެ ހާލަތު ބަދަލުކުރުވި ނިންމުމެއް އެއީ.

އަހުމަދު ޝިޔާމް 

އެހެންކަމުން، މި ސަރުކާރުން ވެރިކަމަށް އައިސް، މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް ދިން އެންމެ ބޮޑުބހަދިޔާ އަކީ މަހުގެ އަގު 17 ރުފިޔާއަށް ދަށް ކުރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސް ކައްކާ ފަރާތްތަކަށްވެސް މަސް ލިބޭނެ މަގު ތަނަވަސްވެގެން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން މަހުން އުފެއްދުންތައް އުފައްދާ ފަރާތްތަކާއި އުކާލާ މަހުގެ ބާވަތްތަކުން ފައިދާ ކުރުވަނިވި ޕްރޮޑަކްޓްތައް ނެރުމަށް ވޯލްޑް ބޭންކުގެ އެހީގައުި 8.3 މިލިއަން ޑޮލަރު މިހާރު ހަމަޖެހުފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ހަމައެހެންމެ މަހުގެ އުފެއްދުންތައް ބާޒާރަށް މެރުމަށް ބާރުއެޅުމުގެ ގޮތުން 1.8 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.