ވަޒީރު ޝިޔާމް މަޖިލީހުގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
11 Feb 2025 | 10:40
މިއީ މަސްވެރިން މަސްކިރަން ކިއުގައި ޖެހޭނެ ފަހު އަހަރު: ޝިޔާމް

މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހޭނެ ފަހު އަހަރު ކަމަށާއި, ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު މަސްވެރިކަން ރަނގަޅު ދުވަސްވަރުގައިވެސް އެއްވެސް އުނދަގުލަކާއި ނުލައި މަސްވެރިންނަށް މިސްކިރުމުގެ އިންތިޒާމް ފަހިވެގެންދާނެ ކަމުގައި މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި, ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ މަސްވެރިން ކިޔުގައި ޖެހި، 4 ނުވަތަ 5 ދުވަސް ވަންދެން މަސް ނުކިރި ތިބެންޖެހޭކަން ފާހަގަކުރައްވައި، އެކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހުރާއްޖޭގެ މަސްވެރިކަން މިހާރުވެސް ވަރަށް ރަނގަޅު ކަމަށެވެ. އެހެން ކަމަށްވުމުން، ދޮށީގެ މަސްވެރިކަމުގައި މިވަގުތު ކިޔުއެއް އެބަ އޮތް ކަމަށާއި, އެ ކިޔު އޮންނަން މެދުވެރިވި ސަބަބަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މި ކިޔު ނައްތައިލުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

"ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުން މި ކިޔު ނައްތައިލުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތީތީ ކިޔުގައި ދޯނިތައް އެ ތިބީ. ރަނގަޅު ވާހަކަފުޅެއް. ކިޔު ނަމްބަރު އެބަ ދެވޭ. ކިޔު ނަމްބަރު މިދެވެނީ ދޯންޏަކުން ގުޅާފަ ތިމަންނަ މެން މި އަންނަނީ އޭ ކޫއްޑޫ ބަނދަރަށް މަސްކިރަން ތިމަންނަ މެންގެ އެބަ ހުއްޓޭ 40 ޓަނު ނޫނީ 50 ޓަނު. ދެން ކޫއްޑޫއިން މި ރިޒާވް ކުރަނީ 50 ޓަނު. އެކަމަކު ބަނދަރާ ހިސާބަށް އާދެވޭއިރު ގިނަ ފަހަރު މި ހުންނަނީ 20 ޓަނު. ހުރީމަ ދެވަނަ ދޯންޏަށް ތަންކޮޅެއް އަވަހަށް ކިޔު ނަމްބަރު އެބަ ދެވޭ" 

ވަޒީރު އަހުމަދު ޝިޔާމް

މިއާއެކު ޝިޔާމް ވިދާޅުވީ، މަހުގެ 30 އާ ހަަމައަށް ބައެއް ދޯނިތަކަށް ކިޔު ނަމްބަރު ދީފައި އެބަހުރި ކަމަށާއި, އެހެން ނަމަވެސް އެ ދޯނިތަކުން މިއަދު ނޫނީ މާދަމާ މަސްކިރާނެ ކަމަށް މިފްކޯއިން މައުލޫމާތު ދީފައިވާކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި މިފްކޯއަށް ގަނެފައި ހުރި ޖަޒީރާ ބޯޓުތަކުގެ އެފިށިއަންސީ ވަރަށް ދަށް ކަމަށާ، އެތަނުން ގިނަ ބޯޓުތައް ހުރީ އޮޕަރޭޝަނުން ބޭރުގައި ކަމަށެވެ. އެހެންކަމުން، ޖަޒީރާ 2 އަދި ތިނެއް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ، ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އެ ދެ ބޯޓު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެ އޮޕަރޭޝަނަށް ގެނެވުމުން މިހާރު އޮތް ކިޔުއަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

"އިރާދަ ކުރެއްވިއްޔާ މިއީ ކިއުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެން ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނޫނީ މިހާރު މަސްވެރިކަމުގެ ސިނާއަތުން ކުރެވޭ މަސައްކަތްތަކުން އިރާދަކުރެއްވިއްޔާ މި ކިޔު އަޅުގަނޑުމެން ނައްތާލާނަން. ނައްތާލުމަށް ފަހު މަސްވެރިންނަށް އެއްވެސް އުނދަގުލަކާއި ނުލައި ކިތަންމެ މަސްވެރިކަން ރަނގަޅަސް އިރާދަކުރެއްވިއްޔާ ކިޔުގައި ނުޖެހި މަސްކިރޭނެ ހާލަތު ހަމަޖެހިގެންދާނެ", 

ވަޒީރު އަހުމަދު ޝިޔާމް

މީގެ އިތުރުން، ޝިޔާމް ވިދާޅުވީ މިދިޔަ ދެ އަހަރަށްވުރެވެސް މިއަހަރު މަސްވެރިކަން ރަނގަޅު ކަމަށެވެ. އަދި މިފްކޯގެ ކެޕޭސިޓީއަކީ ދުވާލެއްގެ މައްޗަށް 420 ޓަނު ކަމަށްވާއިރު, މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ވުމުން ފުލް ކެޕޭސިޓީއަށް މިފްކޯއިން މަސް ގަންނަމުންދާ ކަމަށާއި, 450 ޓަނު ނަގަން ޖެހޭ ދުވަސް ދުވަސްވެސް ދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.