އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ޝިފާޒު: ފޮޓޯ/ ދެން
ހަބަރު
11 Feb 2025 | 12:33
ސުކޫލް ކުދިންގެ ތުބުޅި ބަހައްޓަން ގޮވާލުން، ޝިފާޒު އެއްގޮތްކުރީ ކަންދަހާރާ!

ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތުނބުޅި ބާލަން މަޖުބޫރުކުރާ ކުރުން ހުއްޓުވަން ޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޝަރީފް ވިދާޅުވުމުން، އެއީ ރާއްޖެ ކަންދަހާރަށް ވުން ކަން ދޭހަވާފަދަ މޭރުމަކުން އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވާހަކަދައްކަވައިފިއެވެ. 

ރިސޯޓުތަކާއި ހޮޓާތަކުގެ މުވައްޒަފުން ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ފަދަ ކަންކަން ކުރުމަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ހުސެއިން ޝަރީފް ވަނީ އެއްވެސް ދާއިރާއެއްގައި ނުވަތަ ސުކޫލުތަކުގައިވެސް ތުނބުޅި ބާލަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

"އެއްވެސް މަޖުބޫރުކަމެއް ރާއްޖޭގެ މި މާހައުލުގައި ޓޫރިޒަމް ދާއިރާ، ވަކި ދާއިރާއެއް ނޫން، ސްކޫލްތަކަށް ވަންނަ ކުދިންނަށް ވެސް މަޖުބޫރު އެބަ ކުރުވާ، އެކަން އެބަ ޖެހޭ ހުއްޓުވަން، އެ ކުދިން މިވެނި އުމުފުރާއަކަށް ހަމަ ބޮޑުވާއިރަށް އެބަ ބުނޭ، ހަމަ ކޮންމެ ދުވަހަކު އަންނަ އިރަށް ލީޑިން ޓީޗަރު ބުނާނެ އޭތް ތުނބުޅި ބާލައިގެން އާދޭ، މިކަން އެބަޖެހޭ ހުއްޓުވަން އަޅުގަނޑުމެން ގައުމުން،" ހުސެއިން ވިދާޅުވި އެވެ.

ހުސެއިންގެ ވާހަކައާއި ގުޅިގެން ޝިއްޕެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ”މި ފުލައިޓް ކަންދަހާރަށް ލޭންޑު ކުރުމުގެ ކުރިން ހުއްޓުވަންޖެހޭ!“ ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފައެވެ.

ޝިފާޒުގެ އެ ވާހަކަ އާއި ގުޅިގެން ގިނަބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން، ތުނބުޅި ބެހެއްޓުމާބެހޭ ގަރާރެއް އެމްޑީޕީން ހުށަހެޅިއިރު، އެކަމަށް އެމްޑީޕީގެ މެންބަރުން ފާޑުކިޔުމުން ދެފުށްދެގޮތްކަން އެނގޭ ކަމަށް އެއްބަޔަކު ބުނެފައި ވާއިރު، ގިނަ ބަޔަކު ވަނީ، އެމްޑީޕީއަށް ލާދީނީ ކިޔަނީ ލާދީނީ ވީމައޭ ބުނެފާޑުކިޔާފައެވެ. 

މީގެ އިތުރުން، ތުނބުޅި ބެހެއްޓުމަށް ފާޑުކިޔާ ޝިފާޒުގެވެސް ތުނބުޅި ހުންނަ ކަމަށާ، ސުކޫލު ދަރިވަރުންނަށް ކިޔަވައިދޭ އިސްލާމް ފޮތުގައިވެސް ތުނބުޅި ބެހެއްޓުމަކީ ސުންނަތެއްކަން ބުނެދީފައިވާ ކަން މީހަކު ވަނީ ފާހަގަކޮށްފައެވެ. 

މީގެ އިތުރުން އެމްޑީޕީން ހައްގުތަކުގެ ވާހަކަ ދައްކާއިރު، ”ހައްގު“ އޮންނަނީވެސް ވަކި ކަންކަމުގައި ކަމަށްބުނެ އެހެން ބައެއް ފަރާތްތަކުން ވަނީ ނުރުހުންފާޅުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.