އުޒްބެކިސްތާނުގެ ކަލްޗުރަލް މެލްޓިން ޕޮއިންޓް... ފޮޓޯ: ބީބީސީ
ހަބަރު
11 Feb 2025 | 19:45
އުޒްބެކިސްތާނުގެ ފުރަތަމަ އޭ.އައި ޑޭޓާ ސެންޓަރު ހަދަން އިންޑިއާ ކުންފުންޏަކަށް!

އުޒްބެކިސްތާނުން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކުރިއެރުންތައް ހޯދުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ތެރެއިން، އެގައުމުގައި ގާއިމްކުރާ ފުރަތަމަ އޭ.އައި ޑޭޓާ ސެންޓަރ ހެދުމުގެ މަސައްކަތް އިންޑިއާގެ ލާރސެން އެންޑް ޓާބްރޯ (އެލް އެންޑް ޓީ) އާއި ހަވާލުކޮށްފިއެވެ.

ވެރިރަށް ޓަޝްކެންޓްގައި ގާއިމްކުރާ މި ޑޭޓާ ސެންޓަރަކީ 10 މެގަވޮޓްގެ ޑޭޓާ ސެންޓަރެކެވެ. މި މަސައްކަތަކީ އިންޖިނިއަރިންގ، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީ.ޕީ.ސީ) އުސޫލުން އެލް އެންޑް ޓީ އަށް ލިބުނު، ތާރީޚީ ޕްރޮޖެކްޓެއްކަމަށް އެކުންފުނިން ބުނެއެވެ. މި ޑޭޓާ ސެންޓަރ ހެދުމަށް ނިންމާފައިވަނީ ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކޮށްގެން، އެތަނުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ވީހާވެސް ކުޑަވާނެ ގޮތަކަށް ވިސްނައިގެންކަމަށް އެލް އެންޑް ޓީ އިން ބުނެއެވެ.

އިގްތިސާދު ސިންދަފާތުކޮށް، އައިޓީ ސެކްޓަރ ކުރިއެރުވުމަށް އުޒްބެކިސްތާނު ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުންފުނިތަކާއި ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް ފަސޭހަކޮށްދިނުންފަދަ ފިޔަވަޅުތައްވެސް އެގައުމުން އަންނަނީ އަޅަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށަނީ
އެޗްޑީސީން ބުނީ ޖެޓީއަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ، ޖެޓީ އަލުން ބޭނުންކުރެވޭ ހާލަތަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަރާމާތުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
25 Jun 2026
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
މި ފުރުޞަތުގެ ދަށުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަނިމާދޫ އަވަށު އޮފީސް ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.