މޯލްޑިވްސް އިންލޭންޑް އެންޑް ރެވެނިއު އޮތޯރިޓީ
ހަބަރު
13 Feb 2025 | 10:11
ޖެނުވަރީގައި މީރާ އިން 3.34 މިލިއަން ރުފިޔާ ބަލައިގެންފި

ނިމިދިޔަ ޖެނުވަރީގައި މީރާ އިން 3.34 މިލިއަން ރުފިޔާ ބަލައިގެންފިއެވެ. 

މީރާގެ މަހު އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ގޮތުގައި 3.28 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ޑިޕާޗާ ޓެކްސް، ބިޒްނަސް ޕްރޮފިޓް ޓެކްސް، އިންކަމް ޓެކްސް، ގްރީން ޓެކްސް، ޖީއެސްޓީ، ލޭންޑް ސޭލްސް ޓެކްސް، އަދި ރެމިޓެންސް ޓެކްސް ހިމެނެ އެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ޖުމްލަ 312 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެންމެ ގިނަ ޓެކްސް ލިބިފައިވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ވޯކް ޕާމިޓް ފީއާއި ކޯޓާ ފީއިންނެވެ.

ޖެނުއަރީ މަހުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ޖީއެސްޓީން 47.7 އިންސައްތަ ލިބިފައިވާއިރު، އިންކަމް ޓެކްސް އިން 35.8 އިންސައްތަ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން 3.5 އިންސައްތަ، ގްރީން ޓެކްސް އިން 3.4 އިންސައްތަ، އަދި ޓޫރިޒަމް ލޭންޑް ރެންޓް އިން 2 އިންސައްތަ ޓެކްސް ލިބިފައިވެ އެވެ.

ޑޮލަރުގެ ޓެކްސް އާމްދަނީގެ ގޮތުގައި މީރާއަށް 125.49 މިލިއަން ޑޮލަރު ލިބިފައިވާއިރު، އޭގެ ތެރެއިން 55.1 އިންސައްތަ ޓެކްސް ލިބިފައިވަނީ ޓޫރިޒަމް ގޫޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އިން، 23 އިންސައްތަ އިންކަމް ޓެކްސް އިން، 6 އިންސައްތަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީން، 5.9 އިންސައްތަ ޑިޕާޗާ ޓެކްސް އިން، 5.6 އިންސައްތަ ގްރީން ޓެކްސް އިން، އަދި 3.4 އިންސައްތަ ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ޓެކްސް އިންނެވެ.

މީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންކަމް ޓެކްސްގެ މުއްދަތު އިތުރުކުރި ނަމަވެސް، ޖެނުވަރީ މަހަށް ލަފާކުރި ވަރަށް ވުރެ މަތީ އާމްދަނީއެއް މިފަހަރު މީރާއަށް ހޯދިފައި ވެއެވެ. މިފަހަރު ޓެކްސް އިތުރުވުމުގެ އެއް ސަބަބެއްގެ ގޮތުގައި މީރާއިން ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ވަގުތުން ދައްކާފައިވުން ފާހަގަކޮށްފައެވެ. މީގެ އިތުރުން ރާއްޖެއަށް މިދިޔަ މަހު ފަތުރުވެރިން އައި މިންވަރު 2 އިންސައްތައިން އިތުރުވުމުން ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސް އިތުރުވި ކަމަށް މީރާ އިން ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.