އައިއެމްއެފްގެ ވަފްދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއިއެކު ބޭއްވި ބައްދަލުވުމުގައި
ހަބަރު
13 Feb 2025 | 11:41
ރާއްޖޭގެ މާލީ ފިޔަވަޅުތައް އަވަސްކުރުމަށް އައިއެމްއެފް އިން ގޮވާލައިފި

ރާއްޖޭގެ މާލީ ހާލަތު ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން އަޅަމުންދާ އިސްލާހީ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނެފި އެވެ.

އައިއެމްއެފް އިން މިހެން ބުނެފައިވަނީ، ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ވަޒަންކުރަމުންދާ އައިއެމްއެފްގެ ވަފުދެއްގެ ދަތުރުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއިއެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.

ސަރުކާރުން ހުށަހަޅާފައިވާ މާލީ އިސްލާހުތަކަށް ތާއީދުކުރާކަން ފާހަގަކޮށް ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުމުގެ ބޮޑެތި ޒިންމާތަކެއް ރާއްޖެއަށް ކުރިމަތިވާނެ ކަމުގެ އިންޒާރު އައިއެމްއެފް އިން ދީފައިވެ އެވެ. ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ޚާއްސަކޮށް ދަރަނީގެ ގާނޫނާއި މާލީ ޒިންމާގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ އިތުރުން އާސަންދަ ސިއްހީ ނިޒާމަށް ގެނައި އިސްލާހުތަކަށް އެ މުއައްސަސާއިން ތައުރީފުކުރި އެވެ.

މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އުފެދިފައިވަނީ އެތައް އަހަރެއް ވަންދެން ފުނިޖެހުނު މައްސަލަތަކުން ކަމަށް އައިއެމްއެފް އިން ބުނެފައި ވެއެވެ. 

އެއާއެކު، މަޖިލީހުގެ މެންބަރުން ވަނީ މި ފިޔަވަޅުތައް ކާމިޔާބުކަމާއެކު ތަންފީޒު ކުރުމަށް އައިއެމްއެފް ފަދަ ޖަމިއްޔާތަކުގެ ތާއީދު ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި އައިއެމްއެފްގެ ވަފުދުގެ އިސްވެރިޔާ ނިކީ ސޮޑްސްރިވިބޫން ވިދާޅުވީ މިއަހަރު ރާއްޖޭގެ އިގްތިސާދު 5 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޓާމިނަލް ހުޅުވުމުގެ ސަބަބުން މި ކުރިއެރުން އަންނާނެ ކަމަށް އެ ވަފްދުން ލަފާކުރިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.