މަޖިލިސް.. ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
13 Feb 2025 | 18:10
ގިނަވަގުތު އަޅުކަމުގައި މަސްއޫލުވެ އުޅުމަށް، ރޯދަމަހު މަޖިލީސް ޗުއްޓީއަށްދާން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށް ނިންމައި ކުރިއަށްއޮތް ރޯދަމަހު މަޖިލިސް ޗުއްޓީއަށްދާން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

މި އިސްލާހް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ. އޭނާ ހުށަހެޅުއްވީ މިހިނގާ މަޖިލީހުގެ ފުރަތަމަ ދައުރު މިމަހުގެ ނިޔަލަށް ނިންމާލުމަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލްމަހުން ފެށިގެން ޖުލައިމަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށެވެ. އޭގެ އިތުރުން ތިންވަނަ ދައުރު ސެޕްޓެމްބަރުމަހުން ފެށިގެން ނޮވެމްބަރުމަހަށް ގެންދިއުމަށް ބޮޗޭ ވަނީ އިސްލާހްގައި ހިމަނާފައެވެ.

ކޮމިޓީގައި މި އިސްލާހާ ގުޅޭގޮތުން ވާހަކަދެއްކުމަށްފަހު އެންމެފަހުން ނިންމާފައިވަނީ އިސްލާހް ފާސްކުރާށެވެ. މަޖިލީހުގެ އާއްމު ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މުގައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ މި އިސްލާހް ހުށަހެޅުމުގެ ސަބަބަކީ ރޯދަމަހު ވީހާވެސް ގިނަވަގުތު އަޅުކަމައިގެން އުޅުމަށް މަގުފަހިކޮށްދިނުންކަމަށެވެ.

ނަމަވެސް އެވާހަކަތަކަށް ރައްދުދެއްވަމުން އެމްޑީޕީއަށް ނިސްބަތްވާ، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ އިސްލާހާ ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ ރޯދަމަހު އާމްދަނީ ހޯދަން މަސައްކަތްކުރުމަކީ މައްސަލައެއް ނޫންކަމަށާއި އިސްލާމްދީނުގައި ބޮޑެތި ހަނގުރާމަތައްވެސް ރޯދަމަހު ކޮށްފައިވާކަން އެނގެން އޮންނަ ކަމަާށެވެ. އެގޮތުން ވަގުތު ކުރުކޮށްގެން ނަމަވެސް މަޖިލިސް ކުރިއަށްގެންދަން ފެންނަކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަމީން ފައިސަލްގެ ވާހަކައަށް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ދެކޮޅު ހެއްދެވިއިރު، މެމްބަރުން ވިދާޅުވީ އެގޮތަށް ބަދަލު ގެނައިނަމަވެސް މަޖިލީހުގެ މަސައްކަތް ކުރަންޖެހޭ ދުވަސްތައް ނުގެއްލޭނެ ކަމަށެވެ. މި މައްސަލަ އެންމެފަހުން ފާސްކުރީ ކޮމިޓީގައި ތިއްބެވި 7 މެމްބަރުންގެ ތެރެއިން 6 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް
ޖަވާބު ބޭނުން
މުސާރައިގެ އެއްބައި(1/2(އުނިކޮށްފަ ވިއްޔާ އޯކޭ.ކޮންމެވެސް އެއްޗެއް ދޭންޖެހޭނެތާ. ރާއްޖޭގެ އެންމެފަގީރުން ގިނައީ މަޖިލީހުގަ ވީމަ މުސާރައިގެ(1/2)ނަމަވެސް ދޭންބޭނުން. ސުވާލަކީ މިސްކިތުގަ"އިޢުތިކާފު"ގަހޭ ތިބޭނީ.
14 Feb 2025
ގާފު
ވާވާ. ކިޔާ ދީންވެރި ސަރުކާރުހޭ. ކިޔާ ދީންވެރި މަޖިލިސްހޭ. ރައްޔިތުން ޕްލީޒް ސަމަޖްޖައިޔޭ. ޔޭ ކެރަވަޅު ނެހީހޭ.ޔޭ ލޯގް ހަރް ދަސް ދިންމޭ ޚަތިމް ކަރޭނގޭ. ޕޫރޭ ގައޯމޭބީ ސަބްސޭ އަޅުވެރި ލޯގް މަޖިލިސް ލޯގް ބަނޭނގޭ
14 Feb 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.