އިކޮނޮމިކް މިނިސްޓަރު ރަށު އެކްސްޕޯ ހުޅުވައިދެއްވަނީ..
ހަބަރު
13 Feb 2025 | 23:01
ޓްރެވެލް ގާއީޒްގެ "ރަށު އެކްސްޕޯ 2025" ހުޅުމާލެ ސެންޓްރަލް ޕާކްގައި ފަށައިފި

ޓްރެވަލް ގައީޒްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ރަށު އެކްސްޕޯ 2025" ހުޅުމާލެ ސެންޓްރަލް ޕާކްގައި މއިަދު ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރަށު އެކްސްޕޯ ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި އެކްސްޕޯގައި 70 އަށްވުރެ ގިނަ ސްޓޯލް ވަނީ ބެހެއްޓިފައެވެ.

ރަށު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރަށު އެކްސްޕޯ އަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާ އިވެންޓެއްކަމަށާއި، އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން މިއަދު އިވެންޓަށް ހާޒިރުވީ މިކަމުގެ މުހިއްމުކަމުން ކަމަށެވެ. އަދި މިއީ ސަރުކާރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދެއްވާ ސަމާލުކަން ހާމަވާކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަށު އެކްސްޕޯ 2025ގެ ތެރެއިން..

ރަށު އެކްސްޕޯ ކުރިއަށްދާނީ އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯގައި ތަފާތު އެކި ފިޔަފާރިތަކުގެ ޕެވީލިއަންތައް ފެނިގެންދާއިރު، މީގެ ތެރޭގައި ރަށު ކައުންސިލްތަކާއި، ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގެ އިތުރުންވެސް ތަފާތު ފިޔަފާރިތައް ހިމެނެއެވެ. ރަށު އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ސަގާފަތާއި އެކިއެކި ހަރަކާތްތައް ދައްކުވައިދޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޒާމުކުރާ މިބާވަތުގެ ފުރަތަމަ އެކްސްޕޯއެވެ. 

ރަށު އެކްސްޕޯ 2025ގެ ތެރެއިން..

ރަށު އެކްސްޕޯއަކީ ލޯކަލް ޓޫރިޒަމަށް ހާއްސަ އެކްސްޕޯއެއްކަމުން މި އެކްސްޕޯގައި ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން ބައިވެރިވެއެވެ. އެހެންކަމުން މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުން ރަށް އިޝްތިހާރުވެ، އެރަށެއް ގިނަ ބަޔަކަށް އެންގި ރަށަށް ޝައުގުވެރިކަން އުފެދިގެން ދިއުމުގެ ފުރުސަތު ފަހިވެގެން ދާނޭކަމަށް އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ރަށު އެކްސްޕޯ 2025ގެ ތެރެއިން..

މި އެކްސްޕޯ ތެރޭގައި ގެސްޓް ހައުސް އަދި އެހެނިހެން ލޯކަލް ޕެކޭޖްތައް ވިއްކާލުމުގެ ފުރުސަތު ލިބިގެންދާއިރު، އަތޮޅުތެރޭގެ ރަށްތަކުގެ މީރު އެކި އެކި ކެއުންތަށް ދައްކާލާ، އިޝްތިހާރުކުރެވި އަދި ވިއްކާލުމުގެ ފުރުސަތުވެސް ރަށު އެކްސްޕޯގެ ތެރެއިން ހުޅުވާލެވިގެންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.