ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކު ރިސޯޓަށް ދިއުމަށް ތައްޔާރުވަނީ.---ފޮޓޯ: ވޮއިސް.އެމްވީ
ހަބަރު
15 Feb 2025 | 10:58
އަހަރުގެ މިހާތަނަށް ތިންލައްކަ ފަތުރުވެެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި!

މި އަހަރުގެ މިހާތަނަށް ތިންލައްކަ ފަތުރުވެެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ ނެރެ އާއްމުކޮށްފައިވާ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީމަހުން ފެށިގެން މިހިނގާ ފެބުރުއަރީމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 303،447 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 86،849 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި މައުލޫމާތަށް ބަލާއިރު މިއަހަރު ޖެނުއަރީމަހު ރާއްޖެއަށް، 214،863 ފަތުރުވެރިން ރާއްޖެއަށްޒިޔާރަތްކުރިއެވެ. އަދި ފެބުރުއަރީމަހު 86،849 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 8053 ފަތުރުވެރިން އެވްރެޖްކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ. މި މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުވަރީ 1 ވަނަ ދުވަހުއެވެ. އެ ދުވަހު 9495 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

މިއަހަރު ޒިޔާރަތްކުރި 300،00 އެއްހާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން މަޑުކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެގޮތުން 210,591 ފަތުރުވެެރިން މިއަހަރު ތެރޭ ރިސޯޓްތަކަށް ޒިިޔާރަތްކޮށްފައި ވެއެވެ. 77650 ފަތުރުވެރިން ގެސްޓްހައުސްތަކުގައި މަޑުކޮށްފައިވާއިރު ހޮޓާތަކުގައި 8077 ފަތުރުވެރިން މަޑުކޮށްފައި ވެއެވެ. 6,982 ފަތުރުވެރިން ސަފާރީ އުޅަނދުތަކުގައި މަޑުކޮށްފައިވާއިރު 147 މީހުން އެހެނިހެން ތަންތަނުގައި ދުވަސް ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. 

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ސޯސް މާކެޓަކީ ޗައިނާއެވެ. ޗައިނާ މާކެޓުން 50،979 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތީ 28،977 ފަތުރުވެރިންނާއެކު ރަޝިޔާއެވެ. ތިން ވަނައަށް 27،917 ފަތުރުވެރިންނާއިއެކު ތިންވަނައިގައި އިނގިރޭސިވިލާތް އޮތްއިރު 27،901 ފަތުރުވެރިންނާއެކު އިޓަލީ އޮތީ މާކެޓްގެ ހަތަރުވަނައިގައެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުގެ ގަދަ ތިން މާކެޓަށް ބަދަލެއް ނާންނައިރު، އިޓަލީމާކެޓް ވަނީ ޖަރުމަނު ފަހަތަށް ޖައްސާލައި މިއަހަރުގެ ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓުގެ މަޤާމު ހޯދާފައެވެ.

މިދިޔަ އަހަރު ދިވެހި ސަރުކާރުން ކަނޑައެޅި 2 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލުކުރެވިފައިވާއިރު މިއަހަރު ޓޫރިޒަމް މިނިސްޓްރީ އިން ވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ. މި އަަމާޒު ހާސިލުކުރުމަށް މިއަހަރު ތެރޭ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ތަފާތު ހަރަކާތްތައް ސަރުކާރުން ރާވާފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.