ްއެމްޓީސީސީ ހެޑް އޮފީސް---ފޮޓޯ: ވޮއިސް
ހަބަރު
15 Feb 2025 | 15:44
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް 151.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ސާފްފައިދާގެ ގޮތުގައި 151.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދިވެހި ރައްޔިތުންނަށް އެންމެފުރަތަމަ ހިއްސާވިއްކަން ފެށި އެމްޓީސީސީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 418.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި ކުއާޓަރުގައި މުދާ ވިއްކުމުގެ ހަރަދަށް 575.3 މިލިއަން ރުފިޔާ ލިބުނުއިރު، މި ކުއާޓަރުގައި ފއިދާވެފައިވަނީ އެމްޓީސީސީއަށް އެހެނިހެން ގޮތްގޮތުން ލިބުނު 481.1 މިލިއަން ރުފިޔާގެ ސަބަބުންނެވެ.

އެމްޓީސީސީއަށް މިދިޔައަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބުނުއިރު، ދެވަނަ ކުއާޓަރުގައި ވަނީ 54 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. އަދި ޖެހިގެންއައި 3 ވަނަ ކުއާޓަރުގައި 18 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނެވެ. އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ 84.2 މިލިޔަން ރުފިޔާއެވެ.

އެމްޓީސީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިއްސާއަކަށް ލިބުނު އާމްދަނީވެސް މިދިޔަ އަހަރުގެ ފަހުކޮޅު އިތުރުވެފައި ވެއެވެ. އެގޮތުން، ނިމިދިޔަ އަހަރުގެ މެދުތެރޭގައި ހިއްސާއަކަށް 2.25 ރުފިޔާ ޖެހިފައިވާއިރު ނިމިދިޔަ އަހަރުގެ ފަހުކޮޅު ހިއްސާއަކަށް 18.82 ރުފިޔާ ޖެހިފައި ވެއެވެ. 

މިދިޔަ އަހަރުގެ ފަހުކޮޅު ތެރޭގައި އެމްޓީސީސީން 189 މަޝްރޫއުއެއްގެ މަސައްކަތްކޮށްފައި ވެއެވެ.  އޭގެ ތެރޭގައި 74 ބަނދަރު ހެދުމުގެ މަޝްރޫއު، 32 ބިން ހިއްކުން އަދި ފަޅު ހިމާޔަތް ކުރުމުގެ މަޝްރޫއުއާއި، 12 އިމާރާތް ހެދުމުގެ މަޝްރޫއު، އަދި ހަ އެއާޕޯޓް ހެދުމުގެ މަޝްރޫއު ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.