ހާބަރު ސަރަހައްދު---ފޮޓޯ: ވޮއިސް
ވިޔަފާރި
16 Feb 2025 | 14:47
އެފްޓީއޭގެ ދަށުން ޗައިނާއިން 1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި: ސައީދު

ޗައިނާއާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ޗައިނާއިން 1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމްއާއި ރައީސް އޮފީހުން އިންތިޒާމްކުރި "އަހާ" ސިލްސިލާގެ ދަށުން ރޭ ބޭއްވި 4 ވަނަ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. 

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަހަކަށް އައިސް އިމްޕޯޓް ޑިއުޓީގެ އާމްދަނީ ދަށްވުމަކީ އެފްޓީއޭއާ ގުޅުމެއް ނެތް ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާއިން އިމްޕޯޓްކުރާ މުދަލުގެ ޖުމްލަ އަގު ގާތްގަނޑަކަށް 340 މިލިއަން ރުފިޔާގައި ހުރިއިރު، އެފްޓީއޭ އިން ލިބުނު ހަގީގީ ޑިއުޓީގެ ފައިދާއަކީ 23 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ޖުމްލަ އިމްޕޯޓްގެ އެންމެ އެއް ޕަސެންޓްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ފްރީ ޓްރޭޑްއާއި މެދު ބައެއް ފަރާތްތަކުގެ ހިޔާލު ތަފާތުވިޔަސް، މި އެއްބަސްވުމަކީ ވިޔަފާރީގެ ހުރަސްތައް ކުޑަކުރުމަށް އެހީތެރިވެދޭ އަދި އިގްތިސާދީ ކުރިއެރުން ފަހިކޮށްދޭ އެއްބަސްވުމެއް ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

2020 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މޯލްޑިވްސް-ޗައިނާ އެފްޓީއޭގެ ދަށުން ރާއްޖެއިން ޗައިނާގެ އިމްޕޯޓްގެ 70 އިންސައްތަ ޑިއުޓީ އުވާލާފައި ވެއެވެ. މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޗައިނާއަށް ބޭރުކުރާ ރާއްޖޭގެ އެކްސްޕޯޓްގެ ގާތްގަނޑަކަށް 95 އިންސައްތައިން ނަގާ ޓެރިފް ވެސް އުވާލާފައި ވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޗައިނާގެ އިމްޕޯޓްތަކުން ޑިއުޓީ މައާފުކުރުން 20 އިންސައްތަ އިތުރުވާގޮތަށް އެއްބަސްވެފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި 2014 ވަނަ އަހަރު ފުރަތަމަ ސޮއިކުރެއްވި މި އެއްބަސްވުން 2018 ވަނަ އަހަރަށް ފަހު ތަންފީޒު ކުރުން ލަސްވި ނަމަވެސް 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން މި އެއްބަސްވުން ތަސްދީގުކުރި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.