އީސީގެ ރައީސްކަމަށް ޒާހިދު، ނައިބަކަށް ޞަލާހު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މިހާރު އެ ކޮމިޝަންގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުޙައްމަދު ޒާހިދު، އަދި ނާއިބަކަށް އެ ކޮމިޝަންގެ މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އީސީގެ ރައީސާއި، ނައިބު ކަމަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވި ދެ ނަމަށް ރުހުން ދިނުމާމެދު މެންބަރުންގެ ވޯޓަށް އަހައިފައެވެ.
އެގޮތުން، އީސީގެ ރައީސް ކަމަށް ޒާހިދު އައްޔަންކުރަން 68 މެންބަރުން ރުހުން ދިން އިރު، ނައިބު ރައީސްކަމަށް ޞަލާޙް އައްޔަންކުރުމަށް 69 މެންބަރުން ވަނީ ރުހުން ދީފައެވެ.
އީސީގެ މެންބަރު ކަމަށް ޒާހިދާއި ސަލާހްގެ އައްޔަންކުރެއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހެވެ.
ޒާހިދު ވަނީ މީގެކުރިން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. އަދި ސަލާހު ވަނީ އީސީގެ ޑިރެކްޓަރގެ މަގާމުގެ އިތުރުން އެކްޓިން ސެކެޓްރީކަން ކުރައްވާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists