މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް: ފޮަޓޯ/ މަޖިލިސް
ހަބަރު
17 Feb 2025 | 15:42
އީސީގެ ރައީސާއި ނައިބު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާގޮތަށް އޮތުމަކީ މައްސަލައެއްނޫން: ޤާސިމް

އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދިނުމަކީ މައްސަލައެއް ނޫން ކަމަށާ އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އީސީގެ ރައީސްއާއި ނާއިބު ރައީސްގެ މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓް އިއްވާފައިވާއިރު، އެއަށް ބަހުސް ކުރައްވަމުން ޤާސިމް ވިދާޅުވީ، މިނިވަން މުވައްސަސާ ތަކަށް މެންބަރުން އައްޔަނު ކުރެއްވުމަށް އިއުލާން ކުރަނީ ރައީސް އޮފީހުން ކަމަށެވެ. އަދި އެ އިއުލާނާއި ގުޅިގެން މެންބަރު ކަމަށް އެދި ހުށަހަޅާ ފަރާތްތައް ލިސްޓު ކުރައްވައި މަޖިލީހަށް ފޮނުއްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

އެފަހުން އެ މެންބަރުން ކޮމިޝަނަށް އައްޔަނުކޮށް، އެ އައްޔަނުކުރާ މެންބަރުން، ރައީސަކާއި ނާއިބު ރައީސެއް އައްޔަނު ކުރާ ގޮތަށް އޮތުމުން ގިނަ މައްސަލަ ތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

”އެތާ އެތެރޭގައި ވަރަށް ބައިވަރު މައްސަލަ ހިނގާ. ބޮޑެތި ކޮރަޕްޝަން ހިނގާ.  އެ ފަސް މެންބަރުންގެ ތެރެއިން ރައީސަކާއި ނާއިބަކު ހޮވާއިރު، އެއް މެންބަރަކު ބޭނުން ނުވާ ގޮތަށް ދިޔައިމަ އެބަ މައްސަލަ ޖައްސައިގެން ބުލީ ކުރާގޮތަށް ވާހަކަދައްކާ. މިހެން ގޮސް ވަރަށް އުނދަގޫތައް އެތާނގަ ހުންނަ ރައީސަކަށް އެބަ މެދުވެރިކުރޭ. އަދި ނާއިބު ރައީސަކަށްވެސް.“ ޤާސިމް ވިދާޅުވިއެވެ. 

އެހެންވީމާ، މިހާރުވެސް މި އޮންނަ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ނަން ތަކުގެ ތެރެއިން 5 މެންބަރުން ހޮވުނީމާ، އެބޭފުޅުންގެ ތެރެއިން (އެބޭފުޅުން) ރައީސަކާއި ނާއިބު ރައީސަކު ހޮވުމާ، ރައީސުލްޖުމްހޫރިއްޔާ އެ ފަސް މެންބަރުންގެ ތެރެއިން މީހަކު އައްޔަނު ކުރަން ފޮނުވީމަ، އޭގައި އެއްވެސް މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް

ކަންމިހެން ހުރުމުން، ހުރިހާ ކޮމިޝަން ތަކުގެ ރައީސުންނާއި ނާއިބުން އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށާ، އެފަދައިން ރައީސުންނާއި ނާއިބުން އައްޔަނު ކުރ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ