ފިލިޕީންސް، އެމެރިކާ، އަދި އިންޑިއާއިން މީގެކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން.. ފޮޓޯ: ފިލިޕީންސް ނޭވީ
ހަބަރު
17 Feb 2025 | 14:49
ފިލިޕީންސްއާއެކު ކުރިއަށްދަނީ ތައްޔާރީ ހާލަތުގައި ތިބުމަށް ބާއްވާ ބާއްވާ ތަމްރީނުތަކެއް: އެމެރިކާ

ފިލިޕީންސްއާއެކު އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ތަމްރީނުތަކަކީ އަތުވެދާނެ ހަމަލާއަކުން ރައްކާތެރިވުމަށް ތައްޔާރުވުމަށް ތިބުމަށް ބާއްވާ ތަމްރީނުތަކެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން މިފަދައިން ބުނީ، ފިލިޕީންސްއާއެކު ބާއްވާ ތަމްރީނުތަކުގެ ބޭނުމަށް އެމެރިކާގެ ޓައިފޮން މިސައިލް ސިސްޓަމްތަކެއް ފިލިޕީންސްގައި ވަގުތީ ގޮތުން ބެހެއްޓުމާ ގުޅިގެން، ޗައިނާއިން އެކަމާ ނުރުހުން ފާޅުކުރުމުންނެވެ. އެމެރިކާގެ މިސައިލް ސިސްޓަމްތައް ފިލިޕީންސްއިން ބޭރުކުރުމަށް، ޗައިނާގެ ދިފާޢީ ވުޒާރާއިން ފިލިޕީންސްގެ ސަރުކާރުގައި ހުކުރު ދުވަހު އެދިފައިވެއެވެ.

އެމެރިކާއިން ބުނަނީ ފިލިޕީންސްގައި އެގައުމުގެ މިސައިލް ސިސްޓަމްތައް ބެހެއްޓީ، ޙަމަލާއެއް އަތުވެދާނެކަމުގެ ބިރު ބޮޑުވެފައިވާތީ، އެކަމަށް އެމެރިކާއާއި ފިލިޕީންސްގެ އަސްކަރިއްޔާ ތަމްރީނުކުރުމަށް ކަމަށެވެ. އެހެންނަމަވެސް، ޗައިނާއިން އެކަން ދެކެނީ ޗައިނާއަށް ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައެވެ. އެމެރިކާއާއި ފިލިޕީންސް ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކަކީވެސް ޗައިނާއިން އެކަމާ ނުރުހުން ފާޅުކޮށް، ކަންބޮޑުވާ ކަންތައްތަކެކެވެ. އެ ތަމްރީނުތަކުގައި ބޭނުންކުރުމަށް ޓައިފޮން މިސައިލްތައް ގެނައުމަކީ ޗައިނާގެ ނުރުހުން އިތުރުވި ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.