ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: މަޖިލިސް
ހަބަރު
17 Feb 2025 | 15:12
ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާތީ، މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުން މަޖިލީހުގެ އިްޒަތްތެރި މެމްބަރުންނަށް ލިބިދީފައި އޮންނަ ހެލްތް އިންޝުއަރަންސް ނިޒާމުގެ ތެރެއިން ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ކަންކަން ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހެކަމަށް ވިދާޅުވެ މަޖިލީހުގެ އާއްމު ކޮމިޓީގައި މިއަދު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަޖިލީހުގެ މެމްބަރުންގެ ހެލްތް އިންޝުއަރަންސްގެ ހިދުމަތް ދެނީ އެލައިޑް އިންޝުއަރަންސް ކުންފުނިންނެވެ. މިއަދު ބޭއްވި އާއްމު ކޮމިޓީގައި މެމްބަރުންނަށް ހެލްތް އިންޝުއަރަންސް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ވިދާޅުވެ އެ މައްސަލަ ނެންގެވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ. 

އާއްމު ކޮމިޓީގައި މިކަމ ގުޅޭގޮތުން ވާހަކަދައްކަވަމުން ތިމަރަފުށީ ދައިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވީ މެމްބަރުންގެ އަތުން ބޮޑު އަދަދެއް ހެލްތް އިންޝުއަރަންސަށް ނަގާއިރު، އިތުރު ތަކްލީފްތަކެއް އުފުލަންޖެހޭކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ އެލައިޑުން ދޭ ލިޔުން ހިފައިގެން ޑޮކްޓަރަށް ދައްކަންދިއުމުން އެއްފަހަރު ޑޮކްޓަރަށް ދެއްކުނު ނަމަވެސް އެހެން ޑޮކްޓަރަކަށް ދައްކަން ބަލާއިރު އެ ލިޔުމުގެ ބޭނުމެއް ނުކުރެވޭ ކަމަށާއި ދެން ޖެހެނީ އަމިއްލަ އަތުން ހަރަދުކުރަންކަމަށެވެ.

އެއީ ހަޤީޤަތުގައި އެކަންވެގެންވާނެ ގޮތެއްނޫން. މެމްބަރުންނަށް މިފަދަ ލުއިފަސޭހަގޮތެއްނޫން. އިއްޒަތްތެރި މެމްބަރުންނަށް މިފަދަ ލުއިފަސޭހަ ގޮތެއް އޮންނަކަމުގައި ވަނީނަމަ އަޅުގަނޑު ޤަބޫލުކުރަނީ، އަޅުގަނޑުމެން މިކޮޅުން މަޖިލީހުގެ އިދާރާއިން އެ ގުޅަންޖެހޭ މީހަކަށް ގުޅައިގެން އެލައިޑަށް ގުޅައިގެން އެކަންކަން ކޮށްގެން ދާނަމަ އިތުރު ތަކްލީފެއް އުފުލަން ޖެހިގެން ނުވާނެ

މެމްބަރު ރިޔާޒް ވިދާޅުވިއެވެ

އެނާ ވިދާޅުވީ އެންމެފަހުން އިންޑިއާއަށް ގޮސް ބޭސްފަރުވާކޮށްގެން އައި ފަހަރުވެސް ލިޔުންތައް ހުށަހެޅުމުން ރެޖެކްޓް ކުރިކަމަށާއި، އެގޮތަށް ހަރަދުކުރި ފައިސާ ހޯދުމަކީވެސް ދަތި އުނދަގޫކަމެއްކަމަށެވެ. އެގޮތުން އެންމެފަހުން ލިޔުންތައް ހުށަހެޅުމުންވެސް ލިބުނީ 3،000 ރުފިޔާކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އާސިއާންގެ ޤައުމުތަކުން ބޭސްފަރުވާގެ ހިދުމަތް ލިބޭއިރު، މެމްބަރުންގެ 18 އަހަރުން ދަށުގެ ދަރިއެއް ހުންނަނަމަ އެ ފަރާތަކަށްވެސް ހެލްތް އިންޝުއަރަންސް ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.