މުހައްމަދު ސޮބާހް (ޗޭ): ފޮޓޯ: ދި އެޑިޝަން
ހަބަރު
17 Feb 2025 | 15:54
ބޮޑު ދެ މިސްކިތުގެ އިމާމުންގެ ގޮތުގައި ޒުވާނުން ފެނުމަކީ ކޮންމެ ދިވެއްސަކު އެކަމާ އުފަވާނެ ކަމެެއް: ސޮބާ

ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތުގައި އިމާމުވެ ތަރާވީސް ކުރުމުގައި ދިވެހި ޒުވާނުން ފެނުމަކީ ކޮންމެ ދިވެއްސަކު އެކަމާ އުފަވާނެ ކަމެެއް ކަމަށް ޕީސް ފައުންޑޭޝަންގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު ސޮބާހް (ޗޭ) ވިދާޅުވެއްޖެ އެވެ.

ސޮބާހަކީ މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ވެސް ރައީސެވެ. އޭނާ ނިސްބަތްވާ ޕީސް ފައުންޑޭޝަނަކީ ދީނީ މައުލޫމާތު ފެތުރުމުގައި އިސް ދައުރެއް އޮތް ޖަމިއްޔާ އެކެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ސޮބާ ވިދާޅުވީ ފަހަކަށް އައިސް މިސްކިތްތަކުގެ މިންބަރުތަކުން ދިވެހި ނޫކަށި ފުރައިގެ ޒުވާނުން ހުތުބާ ކިޔާ އަޑު ގުގުމާލާ ހިނދު އޭނާއަށް ސިފަކޮށްދޭން ދަތި އިހުސާސުތަކެއް ކުރެވޭ ކަމަށެވެ. ސޮބާ ވިދާޅުވި ގޮތުގައި ވެރިރަށުގެ ބޮޑު ދެ މިސްކިތުގައި އިމާމުވެ ތަރާވީސް ކުރުމުގައި ދިވެހި ޒުވާނުން ފެނުމަކީ ކޮންމެ ދިވެއްސަކު އެކަމާ އުފަވާނެ ކަމެކެވެ.

އޭނާ ވަނީ އެ މަސައްކަތުގެ ފަހަތުގައި އޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރާއި މުވައްޒިފުންގެ މަސައްކަތް ފާހަގަ ކުރަައްވާފަ އެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ނަތީޖާއެއްގެ ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި 300އެއްހާ ޒުވާން ހަތީބުން ވަނީ ތަމްރީނު ކޮށްފަ އެވެ. އެ ޒުވާނުންގެ ތެރޭގައި ވަރަށް ރީތިކޮށް ބަންގި ގޮވާ ހުތުބާ ދޭ ހަތީބުން ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.