ސަލްމާން މިސްކިތުގައި އިމާމުވެ ތަރާވީހާއި ދަމުނަމާދު ކުރާނީ މި ތިން ޒުވާނުން
ހަބަރު
17 Feb 2025 | 17:39
ސަލްމާން މިސްކިތުގައި އިމާމުވެ ތަރާވީހާ ދަމުނަމާދު ކުރާނީވެސް ޒުވާން ހަތީބުން!

ކުރިއަށް އޮތް ރޯދަ މަހު ސަލްމާން މިސްކިތުގައި އިމާމުވެ ތަރާވީހާ ދަމުނަމާދު ކުރާނީވެސް ޒުވާން ހަތީބުން ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ސައުދީ ސަރުކާރުގެ އެހީގައި މާލޭގެ ހެންވޭރުކޮޅުގައި ބިނާކޮށްފައިވާ ސަލްމާން މިސްކިތަކީ، ވެރިރަށުގައި ހުރި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ރޯދަ މަހު ސަލްމާން މިސްކިތުގައި އިމާމުވެ ތަރާވީހާ ދަމުނަމާދު ކުރާނެ އިމާމުން ހަމަޖައްސާފައިވާ ކަމަށެވެ. އެ މިސްކިތުގައި އިމާމުވެ ތަރާވީހާ ދަމުނަމާދު ކުރާނީ ޒުވާން ތިން ހަތީބުންނެވެ.

އެއީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން އާއި އަލްޙާފިޒް މުޙައްމަދު މިޝްއަލް ޢާޡިމް އާއި އަލްޙާފިޒް ޢަބްދުﷲ އަޙްސަން ސަޢީދު އެވެ. މާލެ ސިޓީގެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒުގައި މި އަހަރުގެ ރޯދަ މަހު އިމާމުވެ ތަރާވީސް ކުރާނެ އިމާމުން ވެސް ވަނީ ކަނޑައަޅާފަ އެވެ. އެއީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފެވެ.

ސުލްޠާން މުޙައްމަދު ލަޠީފް މި ޓީމާ ގުޅޭނީ ފަހު ދިހައެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، ފަހު ދިހައެއްގައި ދަމު ނަމާދު އިމާމުވެ ކުރާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަތީފް ކަމަަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.